މާލެ: 31°C
ސަރުކާރުގެ ޑޮލަރު ލިމިޓް އުވާލުމުގެ ވައުދާ ހިލާފްވެ، ބޭރުގައި ތިބޭ ކިޔަވާކުދިންނަށް ޑޮލަރު ވިއްކާ އަދަދު މަދުކޮށްފި

ސަރުކާރުގެ ޑޮލަރު ލިމިޓް އުވާލުމުގެ ވައުދާ ހިލާފްވެ، ބޭރުގައި ތިބޭ ކިޔަވާކުދިންނަށް ޑޮލަރު ވިއްކާ އަދަދު މަދުކޮށްފި

June 25, 2024
3 ފަހަރު ބަލާފައި
ސަރުކާރުގެ ޑޮލަރު ލިމިޓް އުވާލުމުގެ ވައުދާ ހިލާފްވެ، ބޭރުގައި ތިބޭ ކިޔަވާކުދިންނަށް ޑޮލަރު ވިއްކާ އަދަދު މަދުކޮށްފި
ރާއްޖެއިން ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ޑޮލަރު ވިއްކުމުގައި ޤައުމީ ބޭންކުން ގެންގުޅެމުން އަންނަ ލިމިޓް އަނެއްކާވެސް ދަށްކޮށްފިއެވެ. ބޭރު ޤައުމުތަކުގައި ކިޔަވަންގޮސް ތިބޭ ކުދިންނަށް މީގެކުރިން "ސްޓައިޕެންޑް" ގޮތުގައި ޑޮލަރު ވިއްކަމުން އައީ މަހަކަށް 1،000 ޑޮލަރުގެ މަގުންްނެވެ. ނަމަވެސް ބީއެމްއެލްއިން ބުނީ ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ވިއްކާ ޑޮލަރުގެ އަދަދު މަތީ ތައުލީމާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައި އަދަދަށް ލިމިޓްކޮށްފައިވާކަމަށެވެ. އައު އުސޫލުގެ ދަށުން ޑޮލަރު ވިއްކަން ނިންމި އަދަދު:
  • މެލޭޝިއާ: 415 ޑޮލަރު
  • އިންޑިއާ: 440 ޑޮލަރު
  • ނޭޕާލް: 415 ޑޮލަރު
  • ފިލިޕީންސް: 450 ޑޮލަރު
  •  ރަޝިއާ: 615 ޑޮލަރު
  • ސްރީލަންކާ: 450 ޑޮލަރު
ބީއެމްއެލުން ބުނެފައިވަނީ މި ބަދަލުގެނެސްފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤައުޑްލައިނާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. ޑޮލަރު ލިމިޓް އުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ބޭރުގައި ކިޔަވާކުދިންނަށް ވިއްކަމުން އައި ޑޮލަރު ލިމިޓްކޮށްފައިވާއިރު، ސަރުކާރުން ބުނަމުން އަންނަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރައި ރާއްޖޭގެ އިޤްތިސާދާއި ދަރަނީގެ ހާލަތު ކުޑަވަމުން އަންނަ ކަމަށެވެ. އަދި ޑޮލަރު ލިބުމަށް އޮތް ތާށިކަންވެސް ކުޑަވަމުންދާކަމަށް އިޤްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ މީގެކުރިން އެތައް ފަހަރަކު ވިދާޅުވެފައެވެ. ނަމަވެސް ބީއެމްއެލުން ވަނީ އެ ބޭންކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރިކަމަށް މީގެކުރިން ހާމަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ