
މަސްގަންނަ އަގުތައް ދަށް ނުކޮށް މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތެއް ދައުލަތުގައި ނެތް: ނާޒިމް
މަސްގަންނަ އަގުތައް ދަށް ނުކޮށް މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތެއް ދައުލަތުގައި ނެތް: ނާޒިމް
ލިޔުން:
މަސްވެރިންނަށް އަގު ދެވެން ނެތީ، ދައުލަތުގައި އެ ހާލަތު ނެތުމުގެ ސަބަބުންކަމަށާއި، މިފްކޯއަށް މަސް ގަންނަ އަގު މުރާޖައާކޮށް ހަގީގަތް ގަބޫލު ކުރަން ޖޭހެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އެވެ. އޭނާ ހުށަހެޅި މައްސަލައިގައި ވަނީ މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށް ފަހު ފައިސާ ނުދީ، ދިގުލައިގެން ދާތީ މަސްވެރިން ކުރާ އިހުތިޖާޖަށް ހައްލެއް ހޯދައިދިނުމަށެވެ. އަދި ރިޔާސީ ވައުދަކީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުން ނަމަވެސް، އެ ސިޔާސަތު ތަންފީޒު ނުކުރެވި ދެ މަސް ދުވަސް ފާއިތުވެގެން ގޮސްފައިވާކަމަށް ވެއެވެ.
މައްސަލައިގެ ބަހުސަށް ހުޅުވާލުމުން ނާޒިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް އަގު ދިނުމުގެ ގޮތުންކަމަށް ބުނެ ހަމަނުޖެހޭ ފިޔަވަޅުތައް އެޅިކަމަށެވެ. މަހުގެ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ގެނައި ނަމަވެސް، އެ ނިންމުމުގެ މައްޗަށް ރައްޔިތުން އެމްޑީޕީއަށް ވޯޓު ދޭން ބޭނުން ނުވިކަމަށް ނާޒިމް ވިދާޅުވި އެވެ.
މިއަދު މަސްވެރިންނަށް ފައިސާ ނުދެވެނީ، ކޮންމެ ކިލޯއަކުން 8 ރުފިޔާގެ ގެއްލުމެއް ލިބޭތީކަމަށް މިފްކޯއިން ބުނާ ބުނުމަށް ވިސްނާލުމަށް ނާޒިމް އެދިވަޑައިގަތެވެ. އަދި ވިދާޅުވީ މިފްކޯއަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މަސްވެރިންގެ އާބާދީ 17،000 އަށް އަރާއިރު އަގު ކޮންމެހެން ވެސް މުރާޖައާ ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރޭގައި ތިންހާހަށް ވުރެ ގިނަ ކަންނެލި މަސްވެރިން ހިމެނޭއިރު، މިފްކޯގައި 714 ދޯނި ރެޖިސްޓްރީކޮށްފައިވާކަމަށެވެ.
ގަނެފައި ހުރި މަހުގެ އަގު ވީ އެންމެ އަވަހަށް ދެވެން ޖެހޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ދައުލަތުގެ ފައިސާ ހުރިނަމަ އަގުތައް ދީ ނިންމާލީސްކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެކަމަކު ސަތާރަހާހަށް ވުރެ ގިނަ މީހުންނަށް ސަބްސިޑީ ދިނުމަކީ، އިގްތިސާދީ ނަޒަރަކުން ބަލާއިރު ދެކޮޅު ޖެހޭކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. "ގައުމުގެ ހާލަތު މިއަދު މިހުރީ ފައިސާ ދެވޭ ގޮތަކަށް ނޫން، އެ ހާލަތަކީ ވާރުތަވީ ހާލަތެއް.. ދެން އަޅުގަނޑު ގަބޫލު ކުރާ ގޮތުން ސަރުކާރުން މި ފައިސާ ދައްކާނެ.. އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ މި އަގު، މުރާޖައާ ކުރަން.. ކޮންމެހެން ކުރަން ޖެހޭކަމެއް."
ނާޒިމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންނާއި، ރިސޯޓުތަކުގައި ވެސް އެތައް ހާސް މުވައްޒަފުން މަސައްކަތް ކުރާއިރު ސަތާރަހާހަށް ވުރެ ގިނަ މީހުންނަށް (މަސްވެރިންނަށް) ސަބްސިޑީ ދިނުމަކީ ވެސް އިންސާފެއް ނޫންކަމަށެވެ.
ޕާޓީތަކުގެ ވިސްނުމާއި، ހިޔާލުތަފާތުވުމުގެ ކުލަ ބަދަލުކޮށް، ނާޒިމް ގޮވާލީ ގައުމަށް ފައިދާ ހުރި ހައްލެއް ހޯދުމަށެވެ. އަދި ކޮންމެ އަގެއްގައި މަސްވެރިންގެ އަތުން މަސް ގަންނަން ނިންމި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދޫކުރެވޭނެ މަގު ހޯދަން ނާޒިމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
