
ރަޝިޔާއިން އުފެއްދި އާ މިސައިލުން ރައްކާތެރިވުމުގެ ގާބިލުކަން އެމެރިކާ އާއި ޔޫކުރެއިނުގައިވެސް ނެތް!
ރަޝިޔާއިން އުފެއްދި އާ މިސައިލުން ރައްކާތެރިވުމުގެ ގާބިލުކަން އެމެރިކާ އާއި ޔޫކުރެއިނުގައިވެސް ނެތް!
ލިޔުން:
ރަޝިއާއިން އުފައްދާފައިވާ އައު ހައިޕާރ ސޮނިކް މިސައިލްތަކުން ދޭ ހަމަލާއިން ދިފާއުވުމުގެ ގާބިލުކަން އެމެރިކާ އަދި ޔޫކްރެއިންގައިވެސް ނެތްކަމަށް އެމެރިކާގެ ކުރީގެ އަސްކަރީ އޮފިޝަލަކު މީޑިއާތަކަށް ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތައް އިތުރަށް ގޯސްވަމުންދާކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޑެނިއެލް ޑޭވިސް މައުލޫމާތު ދީފައިވާގޮތުން ރަޝިއާއިން އުފައްދާފައިވާ އައު މިސައިލަކީ “ހައިޕާރ ސޮނިކް ޒިރްކޮން މިސައިލް އެއް ކަމަށެވެ. އަދި އެ ބާވަތުގެ ހަމަލާއަކުން ދިފާއުވުމުގެ ގާޞިލުކަން އެއްވެސް ގައުމެއްގެ ކިބައިގައި ނެތްކަމަށާއި އެމެރިކާ އާއި ޔޫކްރެއިންއަށްވެސް ނުވެވޭނެކަމަށް ބުނެފައިވެއެވެ.
މި މައުލޫމާތުތައް ހާމަކޮށްފައިވަނީ ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން އާއި ނޯތުކޮރެއާގެ ރައީސް ކިމްޖޮން އުން ބައްދަލުކުރެއްވުމާއިއެކު ހުޅަނގުގެ ގައުމުތަކުން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ޑޭވިސް މައުލޫމާތު ދެއްވިގޮތުން މިފަދަ މިސައިލްތަކަކީ ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގަބިލުކަން ހުރި މިސައިލްތަކެއްކަމަށެވެ. އެހެންނަމަވެސް އުފައްދައިގެން ގެންގުޅެމުންދަނީ މަދު މިސައިލްތަކެއްކަމަށް އޭނާގެ ވާހަކަތަކުން ބެލެވެއެވެ.
ޑޭވިސް ވިދާޅުވީ، އޭނާަވަނީ މި މައުޟޫއާއި ގުޅޭގޮތުން ކަމުގެ މާހިރުންގެ ފަރާތުން މައުލޫމާތު ހޯދާފައިކަމަށާއި މިވަގުތު ހައިޕަރ ސޮނިކް މިސައިލަކުން ދިފާއުވެވޭނެ ވަސީލަތެއް ނެތްކަމަށް ފާހަގަކުރެއްވިއެވެ. އަދި އޭނާވަނީ ހަމަލާ ދިނުމަށް ބޭނުން ކުރާ ވަސީލަތްތައް ބިނާކުރާ މިންގަނޑާއި އަޅާ ބަލައި ދިފާއީ ވަސީލަތްތައް އުފައްދާ ތަރައްގީކުރާ މިންގަނޑުތައް ދަށްވުމުންވެސް ކަންބޮޑުވުން ފާޅުުރައްވާފައިކަމަށް ރިޕޯޓުތަކުގައިވެއެވެ. އެހެންނަމަވެސް އެމެރިކާ އާއި ޔޫރަޕުގެ ބައެއް ގައުމުތަކުގައިވެސް ދިފާއު ނުވެވޭނެ ފަދަ މިސައިލްތަކެއް ތިބިކަމަށްވެސް ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
