މާލެ: 31°C
ރާއްޖެއާއި ޔޫއެސްއެއިޑް ގުޅިގެން މަސައްކަތްކުރަން މަޝްވަރާ ކުރައްވައިފި

ރާއްޖެއާއި ޔޫއެސްއެއިޑް ގުޅިގެން މަސައްކަތްކުރަން މަޝްވަރާ ކުރައްވައިފި

June 25, 2024
3 ފަހަރު ބަލާފައި
ރާއްޖެއާއި ޔޫއެސްއެއިޑް ގުޅިގެން މަސައްކަތްކުރަން މަޝްވަރާ ކުރައްވައިފި
އެމެރިކާގެ، ޔުނިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް (ޔޫއެސްއެއިޑް) އާއެކު ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ފޮރިން މިނޮސްޓަރ މޫސާ ޒަމީރު މަޝްވަރާކުރައްވައިފިއެވެ. މި މިޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ ޒަމީރު މިހާރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. https://twitter.com/MoFAmv/status/1805439382658470353 މި ދަތުރުފުޅުގައި އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައި ވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ވޮޝިންގްޓަނާއި، ނިއުޔޯކާއި، ނިއުޖަރޒީގައި ދިރިއުޅޭ ދިވެހިންނާވެސް މިނިސްޓަރ ޒަމީރު ބައްދަލުކުރައްވާނެއެވެ. މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ