މާލެ: 31°C
ޗޮންގްޗިންގް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޗޮންގްޗިންގް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

June 25, 2024
2 ފަހަރު ބަލާފައި
ޗޮންގްޗިންގް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ޗައިނާގެ ޗޮންގްޗިންގް އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. އިއްޔެ ވަނީ އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފާހަގަކޮށްފައެވެ. އެ އެއާލައިނުން ދަތުރުތައް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޗައިނާގެ ޗޮންގްކިންގް ޖިއަންގްބޭ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުއެވެ. ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި މިވަގުތު އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 113،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެއަށް މިހާރު ދަތުރުކުރާ ޗައިނާގެ އެއާލައިންތަކުގެ ތެރޭގައި ބެއިޖިން ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން، ސިޗުއާން އެއާލައިންސް އަދި ޒިއާމެން އެއާލައިންސް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ