މާލެ: 31°C
ފުވައްމުލަކުން ގެއްލުނު ޒުވާނާ 10 ދުވަސް ފަހުން އާއިލާއަށް ހަބަރުވެއްޖެ

ފުވައްމުލަކުން ގެއްލުނު ޒުވާނާ 10 ދުވަސް ފަހުން އާއިލާއަށް ހަބަރުވެއްޖެ

June 25, 2024
2 ފަހަރު ބަލާފައި
ފުވައްމުލަކުން ގެއްލުނު ޒުވާނާ 10 ދުވަސް ފަހުން އާއިލާއަށް ހަބަރުވެއްޖެ
މާލެއިން ގެއްލުނު ފުވައްމުލަކު ޒުވާނާ ގެއްލިގެން ހޯފާތާ 10 ދުވަސް ފަހުން އާއިލާ އަށް ގުޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ. ފުލުހުން މީގެ ކުރިން ބުނީ އިޔާޝްގެ ހަބަރެއް ނުވެ އާއިލާއިން އެކަން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ފުލުހުން ރޭ ބުނީ މިހާރު އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އިޔާޝް ފެނުނު ކަމަށް ފުލުހުން އިއުލާންކޮށްފައިވާއިރު، މިމަހުގެ 21 ވަނަ ދުވަހު މާލޭން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 18 އަހަރުގެ ހުސެއިން ޒިހާން ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ