މާލެ: 31°C
ހުނަރުން ފުރިފައިވާ މިކުއްޖާ ބޭނުންވަނީ ރޮނާލްޑޯއަކަށްވާން!

ހުނަރުން ފުރިފައިވާ މިކުއްޖާ ބޭނުންވަނީ ރޮނާލްޑޯއަކަށްވާން!

June 25, 2024
2 ފަހަރު ބަލާފައި
ހުނަރުން ފުރިފައިވާ މިކުއްޖާ ބޭނުންވަނީ ރޮނާލްޑޯއަކަށްވާން!
މިކުއްޖާއަށް މަދަރުސާގައި ކިޔެވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ފަގީރު ހާލުގައި އުޅެން ޖެހުމުންނެވެ. މިހާ ތުއްތު އިރުވެސް އޭނާގެ އުންމީދުތައް ގުޅިފައިވަނީ ފުޓްބޯޅައާއެވެ. އޭނާގެ ރޯލް މޮޑެލަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ތަރި ޕޯޗްގީޒުގެ ކްރިސްޓިއާނޯ ރޯނާލްޑޯއެވެ. ރޮނާލްޑޯއާމެދު އޭނާގެ ހިތުގައިވާ ލޯބި އަނެކުންނަށް ދައްކައި ދިނުމަށް އޭނަ ކުރި ފަންނީ މަސައްކަތަށް އެތައް ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. ވުޑްކާވް ކޮށްގެން އޭނާ ހަދާފައި އެވަނީ ރޮނާލްޑޯގެ ތަސްވީރެކެވެ. ކިހާ ހިތްގައިމު ހެއްޔެވެ؟ މި މަސައްކަތް އެކުއްޖާ ނިންމާލީ ހަފުތާއެއްހާ ދުވަހުގެ މަސައްކަތުންނެވެ. މި ފޮޓޯ އާންމު ވުމާއެކު އެފްރިކާ އާއި އެފްރިކާގެ ބޭރުންވެސް އޭނާއަށް ވަނީ ވުޑް ކާވިންގެ ދާއިރާއި ތަމްރީނާއި ތަޢުލީމް ހާސިލްކުރުމަށް ފުރުސަތުތައް ލިބިފައެވެ. އެހެންނަމަވެސް މިސޮރުގެ ބޭނުމަކީ ކިތަންމެ ބުރަ އަދި އުނދަގޫ، ދަތި މަސައްކަތެއް ކޮށްގެންވެސް ރޮނާލްޑޯ ފަދަ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވާށެވެ. ބަލަން ތިބެމާ ހިނގާށެވެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ