
ރައީސް ޑރ.މުއިއްޒު، ދަރަނިތައް ދެއްކިކަމަށް ބުނާ ހިސާބުތައް ދިމައެއްނުވޭ: ރައީސް ޔާމީން
ރައީސް ޑރ.މުއިއްޒު، ދަރަނިތައް ދެއްކިކަމަށް ބުނާ ހިސާބުތައް ދިމައެއްނުވޭ: ރައީސް ޔާމީން
ލިޔުން:
އަދުގެ ސަރުކާރުން އަދާކުރި ދަރަންޏާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ވިދާޅުވި ހިސާބުތައް ދިމާނުވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.
ފްރޮންޓް އޮފީހުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމިނު ވިދާޅުވީ، މަރުކަޒީ ބޭންކާއި، ދައުލަތުގެ ޓެކްސް އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރައީސް ޑރ.މުއިއްޒު ރޭ ވިދާޅުވި އަދަދުތަކާ ވަރަށްބޮޑު ފުށުއެރުމެއް އެބަހުރިކަމަށެވެ.
ރައީސް ޔާމިން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިވީ 7 މަސް ދުވަހުގެ ތެރޭގައި ދައުލަތުން އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވާއިރު، ފުރަތަމަ ކަމަކަށް އެވަރަށް ދައުލަތަށް އާމްދަނީވެސް ލިބިފައި ނުވާކަމަށެވެ.
ރައީސް ޑރ.މުއިއްޒު ރޭ ވިދާޅުވެފައިވަނީ ފައިސާ ޗާޕްނުކޮށް ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކާފައިވާއިރު، މީގެ ތެރޭގައި ދިވެހި ކުންފުނިތަކަށް 9 ބިލިއަން ރުފިޔާ އަދި ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދެއްކި 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭކަމަށެވެ.
ރައީސް ޔާމިން ވިދާޅުވީ ދައުލަތުގެ ޓެކްސް އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބައިތުލްމާލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.6 ބިލިއަން ރުފިޔާ ކަމަށެވެ. ދަރަނިތައް ދެއްކުމަށް 13 ބިލިއަން ނަގާފައި ސަރުކާރު މުއައްޒަފުންގެ މުސާރަތަކަށާއި އެނޫންވެސް ހަރަދުތަކަށް ފައިސާ ހޯދިގޮތް ބަލަންޖެހޭ ކަމަށާއި، ލޯނުތަކުގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުރުމަށް ސަރުކާރުން މަރުކަޒީ ބޭންކުން ފައިސާ ނަގާފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ..
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
