މާލެ: 31°C
ދުކުތޫރު ޖަމީލުގެ ނަސޭހަތެއް އަޚު އަދުރޭއަށް

ދުކުތޫރު ޖަމީލުގެ ނަސޭހަތެއް އަޚު އަދުރޭއަށް

June 24, 2024
2 ފަހަރު ބަލާފައި
ދުކުތޫރު ޖަމީލުގެ ނަސޭހަތެއް އަޚު އަދުރޭއަށް
ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް)ގެ ސެނެޓް މެމްބަރު އަދި ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލު، ރައްޔިތުން މަޖިލީޙުގެ ރައީސް އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އަށް ހާއްސަ ނަސޭހަތެއް ދެއްވައިފިއެވެ. ރޭ ޕީއެންސީން ބޭއްވި "ޕީއެންސީ ހައުސް" ހުޅުވުމުގެ ޖަލްސާގައި އަބްދުއްރަހީމް އަބްދުﷲ، (އަދުރޭ) ވަނީ ޑރ.ޖަމީލަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ޑރ.ޖަމީލަކީ ސިޔާސީގޮތުން ބައިކިލޯ ހަމަނުވާ މީހެއްކަމަށް އަދުރޭ ވަނީ ސިފަކުރައްވާފައެވެ. ޑރ.ޖަމީލަށާއި، ޕީއެންއެފްގެ ލީޑަރޝިޕަށް އަމާޒުކޮށް އަދުރޭ ދެއްކެވި ވާހަތަކަށް ރައްދު ދިނުމުގެ ގޮތުން ޑރ.ޖަމީލް ވަނީ ސޯޝަލް މީޑިއާގައި އަދުރޭއަށް ނަސޭހަތުގެ ބަސްކޮޅެއް ހާއްސަކޮށްފައެވެ. އެއީ:
1. ވަގުތު ފާއިތު ނުވަނީސް އުނގެނެން މަސައްކަތްކުރާށެވެ،
‏2. ދަރިން ލިބި މުސްކުޅިވާއިރު އައުގުރާނަ ގޮވުން ހުއްޓަން ދަސްކުރާށެވެ.
‏3. ތިމާއަށްވުރެ ބޮޑަތި މީހުން، ތިމާއަށް އިޙްސާންތެރިވެފައި ތިބި ރައީސް ޔާމީނު ފަދަ ބޭފުޅުންނަށް އިޙްތިރާމް ކުރަން ދަސްކުރާށެވެ.
‏4. ޚާއްޞަކޮށް ބޮޑާ ނުވާށެވެ. މިއަދު ކިތައްމެ މަތީގައި ހުއްޓަސް ޙާލަތު ބަދަލް ވާން ނަގާނީ ހިނދު ކޮޅެކެވެ.
ޑރ.ޖަމީލާއި އަދުރޭއަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިބި އެންމެ ބޮޑު ދެ ވާދަވެރިން ކަމަށްވާއިރު، ދޭތެރެ ދޭތެރެއިން ދެބޭފުޅުން ގެންދަނީ ސޯޝަލް މީޑިއާގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާލަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
ޕީއެންސީން ބޭއްވި "ޕީއެންސީ ހައުސް" ހުޅުވުމުގެ ޖަލްސާގައި އިދިކޮޅު ޕީއެންއެފްގެ ލީޑަރޝިޕަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ޕީއެންއެފުންވެސް ވަނީ މިރޭ ރައީސް ޔާމިނު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފައެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ