މާލެ: 31°C
ފަލާހު ވިދާޅުވަނީ ރާއްޖޭގެ ސިއްޚީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ވަރުގައި ކަމަށް

ފަލާހު ވިދާޅުވަނީ ރާއްޖޭގެ ސިއްޚީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ވަރުގައި ކަމަށް

June 24, 2024
2 ފަހަރު ބަލާފައި
ފަލާހު ވިދާޅުވަނީ ރާއްޖޭގެ ސިއްޚީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ވަރުގައި ކަމަށް
ރާއްޖޭގެ ސިއްޙީ ޙާލަތު އެންސްޕާއަށް ބަލާލުމުން އެނގިގެންދާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާވެއްޖެއެވެ. ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ފަލާހު ވިދާޅުވީ، ރާއްޖޭގައި ސިއްހީ މައްސަލަތަށް މިއަދު މިވަނީ ކަންބޮޑުވާ ދަރަޖައަށް ގޮސްފައި ކަމަށާއި ރާއްޖޭގެ ސިއްޙީ ހާލަތު އާސަންދައާއި އެންސްޕާއަށް ބަލާލި ކަމުގައިވީ ނަމަވެސް އެނގިގެންދާނެ ކަމަށެވެ. ފަލާހު ވިދާޅުވީ އެކަމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވިގެންވާ ކަމަށެވެ. އަދި ސިއްހީ ޙިދުމަތް ދިނުމުގެ ޤާނޫނަށް ހުށައަޅާއިފައިވާ އިސްލާހުގައި ވަނީ މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއްޙީ ޙާލަތާއި މެދު ކަންބޮޑުވެވަޑާއިގެން ރާއްޖޭގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުން އެެތެރެކުރާ ތަކެއްޗާއި އަދި ރާއްޖޭގައި ދަނޑުވެރިން އުފައްދައި ތަކެތި ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރާ ކެމިކަލްތަކާއި، ރާއްޖެއިން ބޭރުން އިންޕޯޓްކުރެވޭ އެކި ކާބޯތަކެތީގެ މިންގަނޑުތަށް ބެލެހެއްޓޭނެ ނިޒާމެއް މިވަގުތު ނެތް ނަމަވެސް ހަރުދަނާ ގޮތެއްގައި މިކަން ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. ފަލާހު ވިދާޅުވީ، މިއަދުގެ ސަރުކާރުން ފެނިގެން ދަނީ ކޮންމެ ރައްޔިތަކަށްވެސް މުހިންމު އަދި ކޮންމެ ވަސީލަތެއްވެސް ފުރިހަމަ ކުރުމަށްޓަކައި އަމާޒު ހިފައިފައިވާ މަންޒަރު ކަމަށެވެ.. ސިއްޙީ ޙިދުމަތްތަކާއި ބެހޭ ބިލު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ މިއަދު ހުރިހާ ރައްޔިތުން އަދި މަޖިލިހުގެ މެމްބަރުންވެސް ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. ފަލާހު ވިދާޅުވީ، މިދިޔަ ސަރުކާރު ނިމިގެން ގޮސްފައިވަނީ ސިއްޙީ ނިޒާމު އެއްކޮށް ފުޑުފުޑު ކޮށްލައިފައި ކަމަށެވެ. އަދި އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ