މާލެ: 31°C
ރާއްޖޭގެ މާލީ ހާލަތާ ބެހޭ ގޮތުން މާލިއްޔަތު ކޮޮމިޓީގައި ސިއްރުން މަޝްވަރާކުރަން ފަށައިފި

ރާއްޖޭގެ މާލީ ހާލަތާ ބެހޭ ގޮތުން މާލިއްޔަތު ކޮޮމިޓީގައި ސިއްރުން މަޝްވަރާކުރަން ފަށައިފި

June 24, 2024
3 ފަހަރު ބަލާފައި
ރާއްޖޭގެ މާލީ ހާލަތާ ބެހޭ ގޮތުން މާލިއްޔަތު ކޮޮމިޓީގައި ސިއްރުން މަޝްވަރާކުރަން ފަށައިފި
ރާއްޖޭގެ މިވަގުތުގެ މާލީ ހާލތު ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޝްވަރާކުރަން ފަށައިފިއެވެ. މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ މާމިނގިލީ ދާއިރާގެ މެމްބަރުު ޤާސިމް އިބްރާހީމެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީން ވަނީ ރާއްޖޭގެ މާލީ ހާލަތު ބަޔާންކުރާ މަޢުލޫމާތު ހިމެނޭ ކަރުދާހެއް ފޮނުއްވާފައެވެ. އަދި މިހާރު ކޮމިޓީ މެމްބަރުން ފަރުވާތެރިކަމާއެކު އެކަރުދާސް ދިރާސާކޮށް ހާލަތު ދެނެގަތުމުގެ މަސައްކަތް މިއަދު ފަށިއްޖެ ކަމަށް ކޮމިޓީ މެމްބަރަކު ވިދާޅުވިއެވެ. ކޮމިޓީ ކުރިއަށް ގެންދަނީ ފިނޭންސް މިނިސްޓަރުގެ އެދިލެއްވުމަކަށް ސިއްރުންނެވެ. ކޮމިޓީ ސިއްރުން ކުރިއަށް ގެންދިއުމަށް ކޮމިޓީގެ 11 މެންބަރުންގެ ތެރެއިން 7 މެމްބރުން ތާއީދުކުރިއެވެ. ސިއްރު ކުރުމުން ކޮމިޓީއަށް ފިނޭންސުން ފޮނުއްވި ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ އެއްވެސް މަޢުލޫމާތެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ