މާލެ: 31°C
ބުޅާ ގޯނިން ބޭރުވެއްޖެ، މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވިން: އަބްދުއްރަޙީމް

ބުޅާ ގޯނިން ބޭރުވެއްޖެ، މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވިން: އަބްދުއްރަޙީމް

June 24, 2024
2 ފަހަރު ބަލާފައި
ބުޅާ ގޯނިން ބޭރުވެއްޖެ، މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވިން: އަބްދުއްރަޙީމް
ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ކުރީގެ ރައީސް, ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ގޮތް އެނގިވަޑައިގަންނަވާތީ, ރިޔާސީ އިންތިޚާބުގެ ޓިކެޓް މިހާރުގެ ރައީސް, ރައީސް ޑރ. މުޢިއްޒަށް ދެއްވުމަށް ވިސްނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް ޗެއާ ކުރައްވަމުން ގެންދަވާ, ޕީއެންސީގެ މައި ޖަހަގަ ހުޅުވުމަށް ބޭއްވި ޖަގަހަ ޖަލްސާގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ, އެމަނިކުފާނު ރަައީސް ޔާމީންނާއެކު ކުރެއްވި 30 އަހަރު ދުވަހުގެ ދިގު ތަޖުރިބާއާއެކު, އެމަނިކުފާނަށް ވާދަ ނުކުރެވޭނަމަ އިންތިޚާބު ބޮއިކޮޓް ކުރައްވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެކަން ސުޕްރީމް ކޯޓުން ނިންމުމާއެކު, އިންތިޚާބުގައި ބައިވެރިނުވެ, އިންތިޚާބު ބޮއިކޮޓް ކުރަން އޭރުގެ އިދިކޮޅަށް ރައީސް ޔާމީން އެންގެވިއެވެ. ނަމަވެސް އޭރު އިދިކޮޅު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަޙީމް ވަނީ, ލީޑަރޝިަޕް ބައްދަލުވުމެއް ބާއްވާ އިންތިޚާބުގައި ބައިވެރިވާން ފެނޭތޯ ވޯޓެއް ނަންގަވާފައެވެ. އަދި އެތެރޭގެ އިންތިޚާބެއް ބާއްވާ ޕާޓީގެ ޓިކެޓް ރައީސް މުއިއްޒަށް ވަނީ އަރުވާފައެވެ. "އެބަ ވިދާޅުވީ ރައީސް މުއިއްޒަށް ޓިކެޓް ދޭން މާކުރިން ރޭވީއޭ, މާކުރިން ރޭވީމޭ, އެއީ ރައީސް ޔާމީންގެ ގޮތް އިނގޭތީ،" އޭރު ކަން ހިނގައި ދިޔަ ގޮތް ވަރަށް ފޯރީގައި ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ. "30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އަޅުގަނޑު ވިސްނަމުން ގެންދިޔައީ ޕާޓީ ބިކަވެ, މަގުމަތި ނުވާނެ ގޮތެއް،" އަބްދުއްރަހީމް ވިދާޅުވީ, "އޮޕްޝަން އޭ, ބީ, ސީ" ގެންދިޔަ ކަމުގައި ވިޔަސް, ރައީސް ޔާމީނަށް އިންތިޚާބުގައި ކުރިމަތި ނުލެއްވޭނަމަ އެމަނިކުފާނަށް ރަނގަޅު ގޮތެއް ނޯންނާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް އަބްދުއްރަހީމާ އިސްކޮށް އުޅުއްވި ބޭފުޅުން ރައީސް ޔާމީންގެ އަރިހަށް ވަޑައިގެން އޭރު ކެމްޕެއިނު ކުރަމުން ދިޔަ ގޮތަށް ކެމްޕެއިނު ކޮށްގެން ވެރިކަން ނުލިބޭނެ ކަމަށް ވިދާޅުވެ, ހިސާބުތަކުން އެ ކަންކަން ދެއްކި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެންނެވިން ދެ ފުރާޅެއްގެ ދަށުގައި މިގޮތަށް މަސައްކަތް ކޮށްގެން ދިވެހިރާއްޖޭގެ ވެރިކަމެއް 2018 ވަނަ އަހަރަކު އަޅުގަނޑުމެންނަކަށް ނުލިބޭނެޔޭ. ކެމްޕެއިނު އޮފީހުގައި ނެތޭ ސިޔާސީ މަޝްރަހު ދަންނަ މީހެއް. އެ މީހުންނަށް ވޯޓުގެ ވާނުވާއެއް ނޭނގެޔޭ. ޕާޓީ އޮފީހުން ވެރިކަން ކުރާށޭ," އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ނަމަވެސް ރައީސް ޔާމީން އެކަމަށް ދެއްވީ ބީރު ކަންފަތެއް ކަމަށާއި އޭރު ވިދާޅުވީ "މިއީ ތިމަންނަގެ ކަމެއް ކަމަށާއި ކައެމެންނާ ބެހޭ ކަމެއް ނޫން ކަމަށް" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އޭރު އެ ބޭފުޅުންނަށް ރައީސް ޔާމީން އެންގެވީ އެންގެވި ކަމެއް ކޮށްގެން ތިބުމަށް ކަމަށެވެ. އޭގެ ބަދަލުގައި މިއަދު ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލީޑަރުންނާއެކު މަޝްވަރާކޮށްގެން ކަންކަން ކުރަމުން އަންނަ ތަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ވެރިކަން ގެއްލުނީ ހިޔާނާތްތެރިންނަށް ރައްޔިތުންނަށް ޖާގަ ދޭން ބޭނުންނުވާތީ ކަމަށާއި އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކޮރަޕްޝަނަށް އާއެކޭ ބުނެ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒު ހުންނެވީ ކޮރަޕްޝަނަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން ފިޔަވަޅު އަޅަން ތައްޔާރަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ