މާލެ: 31°C
މޫސުން ގޯސްވެ، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވެ، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

June 24, 2024
3 ފަހަރު ބަލާފައި
މޫސުން ގޯސްވެ، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
މިއަދާއި މާދަމާވެސް ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެތީ، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ މިއަދާއި މާދަމާވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން، އެސަރަހައްދަށް ހުޅަނގު ދެކުނާއި ހުޅަނގުން 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ވަނީ އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވި ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މެދުރާއްޖެ ތެރެއާއި އުތުރަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެހެންކަމުން، އީދު ބަންދަށްފަހު ގިނަ ބަޔަކު ދަތުރުކުރަމުންދާ މިދުވަސްވަރު ކަނޑު ދަތުރުކުރެއްވުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ