މާލެ: 31°C
އުމަރު ނަސީރުގެ ނުރުހުން: މާލޭ ވިޔަފާރި ބަނދަރާއި ތިލަފުށީ ބަނދަރު ބޭރު ބަޔަކަށް ދޭން ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން

އުމަރު ނަސީރުގެ ނުރުހުން: މާލޭ ވިޔަފާރި ބަނދަރާއި ތިލަފުށީ ބަނދަރު ބޭރު ބަޔަކަށް ދޭން ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން

June 23, 2024
2 ފަހަރު ބަލާފައި
އުމަރު ނަސީރުގެ ނުރުހުން: މާލޭ ވިޔަފާރި ބަނދަރާއި ތިލަފުށީ ބަނދަރު ބޭރު ބަޔަކަށް ދޭން ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން
މާލޭގެ ވިޔަފާރި ބަނދަރު ބޭރުގެ ބަޔަކަށް ދިގު މުއްްދަތަކަށް ކުއްޔަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ. އެމްޕީއެލްގެ މާލޭގެ ބަނދަރާއި ތިލަފުށީގެ ބަނދަރު ކުއްޔަށް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ފޭސް ބުކްގައި އުމަރު ޕޯސްޓެއް ކުރެއްވީ އިއްޔެ އެވެ. މިކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރުވަމުންނެވެ. ސަރުކާރުގެ ސިއްރުތައް ލީކްކުރަމުންދާ ހަސަން ކުރުސީ ނަމަކަށް ކިޔާ އެކައުންޓަކުން ވަނީ ޕޯޓް ކުއްޔަށް ދޭން އެމްޕީއެލްއާ ފިލިޕީންސްގެ ކުންފުންޏަކާއި އެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ. އުމަރުގެ ޕޯސްޓުގައި ވިދާޅުވީ، މާލޭގެ ކަނޑުގެ ބަަނދަރާއި ތިލަފުށީ ކަނޑުގެ ބަނދަރު ބޭރުގެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. އަދި ޕޯޓު ފަދަ 'ދިވެހިންގެ އަމިއްލަ އެސެޓްތައް' އެހެން ފަރާތަކަށް ދޫކޮށްލުމަކީ ރާއްޖެއިން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ދިގު މުއްދަތަކަށް ޕޯޓު ކުއްޔަށް ދިނުމާއި 'އެސެޓްތައް' ވިއްކުމަކީ އުމަރު ވިދާޅުވި ގޮތުގައި، "ކަންކަން އަމިއްލަ އަށް ކުރަން ނުދަންނަ، ކަންނެތް މީހުން އުޅޭ ގައުމުތަކުންކުރާ ކަމެކެވެ." އޭނާ މިކަން ސިފަކުރީ 2010 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދިނުން ފަދަ ކަމެއްގެ ގޮތުގަ އެވެ. މީގެ ސަބަބުން މުދަލުގެ އަގުބޮޑުވެ، ދިވެހި ވިޔަފާރި ތަކަށް އެތަށް ދަތިތަކާ ކުރިމަތިވާނެއެވެ. ދައުލަތުގެ މި ފަދަ 'ސްޓްރެޓެޖިކް އެސެޓް' ތަކަކީ އަބަދުވެސް ދިވެހީންގެ އަތްމަތީގައި ބަހައްޓައިގެން ވީހާވެސް ހެޔޮއަގުގައި ޚިދުމަތް ދެވޭ ތަންތަނަށް ވާންޖެހެއެވެ. ޖީއެމްއާރަށް އެއާޕޯޓް ދިނުމުން އެކަމާ ދެކޮޅަށް މިހާރުގެ ސަރުކާރުގެ ބޭފުޅުން ނުކުންނެވި އެވެ. އެ އެއްބަސްވުން ބާތިލުކުރީ އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން ދެން ވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ