މާލެ: 31°C
މިނާގައި ދިވެހި ހައްޖުވެރިން ތިބި ޓެންޓުގެ ޖާގައިގެ ދަތިކަން ބޮޑުކަމަށް ހައްޖު ކޯޕަރޭޝަނުން އިއުތިރާފުވެއްޖެ

މިނާގައި ދިވެހި ހައްޖުވެރިން ތިބި ޓެންޓުގެ ޖާގައިގެ ދަތިކަން ބޮޑުކަމަށް ހައްޖު ކޯޕަރޭޝަނުން އިއުތިރާފުވެއްޖެ

June 23, 2024
2 ފަހަރު ބަލާފައި
މިނާގައި ދިވެހި ހައްޖުވެރިން ތިބި ޓެންޓުގެ ޖާގައިގެ ދަތިކަން ބޮޑުކަމަށް ހައްޖު ކޯޕަރޭޝަނުން އިއުތިރާފުވެއްޖެ
މިނާގައި ދިވެހި ހައްޖުވެރިން ތިބި ޓެންޓްތަކުގައި ޖާގައިގެ ދަތިކަން ބޮޑުކަން ފާހަގަ ކުރެވިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން އިއުތިރާފުވެއްޖެއެވެ. އެގޮތުން ޓެންޓުތަކުގައި އިތުރު އެއްވެސް ޖާގައެއް ނެތި، ހައްޖުވެރިން ފިތި ބާރުވެގެން ތިބެން ޖެހިފައިވާ ކަމަށް އާންމުންގެ ގިނަ ބަޔަކު ފޮޓޯ އާއި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ނުރުހުމާއެެކު ސަމާލުކަމަށް ގެނެސްފައި ވީނަމަވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އޭރު ވިދާޅުވަމުން ގެންދެވީ ހައްޖުގެ އިންތިޒާމުތައް "ވަރަށް ފުރިހަމަ" ކަމަށެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަކީލް މީޑިއާގައި ވިދާޅުވި ގޮތުގައި، ޓެންޓްތަކުގެ ޖާގަ އިތުތަށް ތަނަވަސް ކުރެވެން އޮތް އެއްގޮތަކީ އިތުރު ހަރަދުތައް ކުރުމެވެ. އެހެން ނަމަވެސް ހައްޖު ކޯޕަރޭޝަނާއި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ހައްޖުވެރިންނަށް ދިމާވެދާނެ ކަމަށް ބެލެވޭ ދަތިތައް ހައްލުކޮށް ވީހާވެސް ރަނގަޅު ހިދުމަތެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރުގެ ހައްޖުގައި ދިމާވި މައްސަލަތަކާއި، ފާހަގަކުރެވުނު ޝަކުވާތައް ދެނެގަނެ އެކަން ހައްލު ކުރާނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ