މާލެ: 31°C
ޕީއެންސީ ޖަގަހަ މިރޭ ހުޅުވަނީ

ޕީއެންސީ ޖަގަހަ މިރޭ ހުޅުވަނީ

June 23, 2024
3 ފަހަރު ބަލާފައި
ޕީއެންސީ ޖަގަހަ މިރޭ ހުޅުވަނީ
ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ މިރޭ ހުޅުވަން ނިންމައިފިއެވެ. ޕީއެންސީ ޖަގަހަ ހުޅުވުމަށް ފުރަތަމަ ނިންމީ ރޭގައެވެ. ނަމަވެސް ވިއްސާރަވުމާ ގުޅިގެން އެ ރަސްމިއްޔާތު ވަނީ ފަސްކޮށްފައެވެ. ޕީއެންސީން ބުނީ އެ ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތި، ހ. ވެޔޮވިލާގައި އޮންނާނެ ކަމަށެވެ. https://twitter.com/BocheyRifau/status/1804731034401190112?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1804731034401190112%7Ctwgr%5Efd30786306723190e78ea27ce81c2b471b3bb8d5%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.addulive.com%2F362190 އަދި ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ، ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް އެ ޕާޓީން މައުލޫމާތުދެއެވެ. ޕީއެންސީން ވަނީ މި ހަރަކާތުގައި އެޕާޓީއަށާއި އަދި ރައީސް މުއިއްޒުއަށް ތާއީދުކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ