މާލެ: 31°C
ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ހުޅުވައިފި

ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ހުޅުވައިފި

June 23, 2024
2 ފަހަރު ބަލާފައި
ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަލުން ހުޅުވައިފި
ކ. ހިންމަފުށީގައި ހުންނަ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު، އަލުން ހިންގަން ފަށައިފިއެވެ. ހޯމްލޭންޑް މިނިސްޓްރީން ބުނީ ނެޝަނަލް ޑްގަރް އެޖެންސީ (އެންޑީއޭ) ގެ ދަށުން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓާނީ ފުލުހުން ކަމަށެވެ. އެ ސެންޓަރުގައި މިހާރު 7 މީހަކު ބައިތިއްބައިގެން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވެސް ހިންގަމުން އަންނަ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ބޮޑު އިޖުތިމާއީ މައްސަލަކަން ފާހަގަކުރެވެއެވެ. ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެކަނި ވެސް މަސްތުވާތަކެތީގެ 88 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ކުރީ މަހު 116 މައްސަލައެއް ރިޕޯޓްކުރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ