މާލެ: 31°C
ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ

ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ

June 22, 2024
2 ފަހަރު ބަލާފައި
ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ
ގދ.ފިޔޯރީން ގެއްލިގެން ހޯދަމުންދިޔަ 9 އަހަރުގެ ކުޑަ އަންހެންކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކީ އެރަށު ފިނިވިލާގެ، މަރިޔަމް މީނަލް މުޙައްމަދެވެ. މީނާލް ގެއްލުނުކަން އެނގިފައިވަނީ އޭނާގެ ހަބަރެއް ނުވުމުން 17:30 ހާއިރެވެ. ފިޔޯރީން މިނިވަން ނޫހާ ވާހަކަދެއްކި މީހަކު ބުނީ، މީނާލް ފެނިފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުއްޖާ ދިރިއުޅެމުންދާ ގެއާއި މާ ދުރު ނޫން ގެއެއްގެ ގޯތި ތެރޭގައި ހޭ ނެތިފައި އޮއްވާ ކަމަށެވެ. ކުއްޖާ މިހާރު ހޭ އަރާފައިވާއިރު، ކުއްޖާގެ ހާލު ރަނގަޅުކަމަށް ފިޔޯރީން ވާހަކަ ދެއްކި މީހާ ބުންޏެވެ. މީނާލް ގެއްލުނުކަން އެނގުނީ މަންމަ ދެކެ ހިތްހަމަ ނުޖެހިގެން ގެއިން ނިކުމެގެންގޮސް، އަނބުރާ ގެއަށް އައުން ލަސްވުމާ ގުޅިގެންނެވެ. މީނާލް އަކީ ކިޑްނީ މައްސަލަ ހުންނަ ކުއްޖެއްކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ