މާލެ: 31°C
ސައިކަލުގައި ބްރިޖް ހައިވޭއިން ދަނިކޮށް ކަހާލައިގެން ވެއްޓުނު މީހާ މަރުވެއްޖެ

ސައިކަލުގައި ބްރިޖް ހައިވޭއިން ދަނިކޮށް ކަހާލައިގެން ވެއްޓުނު މީހާ މަރުވެއްޖެ

June 22, 2024
2 ފަހަރު ބަލާފައި
ސައިކަލުގައި ބްރިޖް ހައިވޭއިން ދަނިކޮށް ކަހާލައިގެން ވެއްޓުނު މީހާ މަރުވެއްޖެ
މާލެއިން ހުޅުމާލެއަށް ސައިކަލްގައި ދަނިކޮށް ހައިވޭމަތިން ކަހާލައިގެން އިއްްޔެ އެކްސިޑެންޓްވި މީހާ ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި ސައިކަލް ކަހާލައިގެން އިއްޔެ އެކްސިޑެންޓްވި މީހަކީ އަވައްޓެރި ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނެކެވެ. އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، އިއްޔެ ހެނދުނު 06:40 ގައެވެ. އެކްސިޑެންޓު ވުމުން އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާދެވެން ނެތުމުން ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގާދިޔަގޮތް ތަހުޤީގް ކުރަމުން އަންނަ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ