މާލެ: 31°C
މޫސުން ގޯސްވިނަމަވެސް، މިއީ މަސްވެރިކަން ރަނގަޅުވާނެ ދުވަސްވަރެއް

މޫސުން ގޯސްވިނަމަވެސް، މިއީ މަސްވެރިކަން ރަނގަޅުވާނެ ދުވަސްވަރެއް

June 22, 2024
2 ފަހަރު ބަލާފައި
މޫސުން ގޯސްވިނަމަވެސް، މިއީ މަސްވެރިކަން ރަނގަޅުވާނެ ދުވަސްވަރެއް
ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ބުނީ، ރާއްޖޭގެ ތ.އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކުރެވޭ ކަމަށެވެ. އާދައިގެ ގޮތެއްގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހުނު ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރުމިނުގައި ވައިޖެހޭނޭކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. މިގޮތުން ކަނޑުތައްވެސް އާދައިގެ ގޮތެއްގައި ގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވެފައިވާއިރު، މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ މީހުން ވަނީ ބޮޑު ޢީދު ފާހަގަކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ގޮސްފައެވެ. ހިނގަމުން މިދަނީ، ހުޅަނގު މޫސުމުގެ ހަވަނަ ނަކަތް ކަމަށްވާ "އަދަ" ނަކަތެވެ. މި ނަކަތާ ގުޅޭގޮތުން އައިސްފައިވާ ބައެއް ލިޔުއްވުންތަކުގައި ބުނެފައިވަނީ، ނަކަތުގައިވެސް ޢާންމުކޮށް ދަތުރުފަތުރު ކުރެވޭ ވަރަށް ވުރެ ކަނޑުތައް ގަދަވާނެއެވެ. ކަނޑުތައް ގަދަވި ނަމަވެސް، މި ނަކަތަކީ މަސްވެރިކަން ރަނގަޅު މަސްއައިންތައް ގިނައިން ފެންނަ ނަކަތެއްކަމަށް ނަކަތްތެރިންްް ބުނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ