
އައްޑޫސިޓީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކުގެ އަޑު އެބަ އިވޭ: ޝިޔާމް
އައްޑޫސިޓީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކުގެ އަޑު އެބަ އިވޭ: ޝިޔާމް
ލިޔުން:
އައްޑޫސިޓީ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުގެ އަޑު އަހަމުންދާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ފައިސާ ދިނުމުގެ މައްސަލާގައި އައްޑޫސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިން އިހުތިޖާޖުކުރަން ފަށާފައިވާއިރު، ފަހުން މަސްވެރިން ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި އަޑުއުފުލަން ފަށާފައެވެ.
މިކަމާއި ގުޅޭގޮތުން މަސްވެރިކަމާ ބެހޭ ވަޒީރު އެކްސްގައި މީގެ ކުޑައިރުކޮޅެއްކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ. އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލުވެސް މަސްވެރިންނަށް ހިއްސާ ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫސިޓީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގައި ގޮވާލާފައިވަނީ، މަސްކިރުވާފައި ފައިސާ ނުލިބި ދުވަސްތައް ދިގުލަމުންދާކަމަށާއި، މިކަމުގައި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގެ އެދެވޭ ޖަވާބެއް ބޭނުންވާކަމަށެވެ. އެހެން ނޫންނަމަ ކޮމްޕްލެކްސްގެ ސްޓާފުންނަށް އެތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު ނުދޭނޭކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.
ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ފައިސާ ދިނުމުގައި އިހުމާލުވަމުންދާ މައްސަލާގައި މިފަހުން މާލެ ސަރަހައްދުގައިވެސް ވަނީ އިހުތިޖާޖެއް ކުރިއަށްގެންގޮސްފައެވެ. މިގޮތުން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ގިނަ އަދަދެއްގެ ދޯނިތަކުން ވަނީ ފައިސާ ނުދޭ މައްސަލަ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދޯނިތަކުގައި އައިސް މާލޭގެ ރަސްމީ ފާލަންދޮށަށް ވަދެގަނެފައެވެ. ފަޅުތެރެއަށް ވަތް މަސްދޯނިތައް ހުއްޓުވުމަށް ކޯސްޓްގާޑާއި މެރިން ފުލުހުން މަސައްކަތް ކުރިނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.
މަސްވެރިން ބުނާގޮތުގައި ނިމިގެންދިޔަ ރަމަޟާންމަހަށްފަހު ބައެެއް ދޯނިތަކުން ކިރުވިމަހަށް މިފްކޯއިން އަދިވެސް ފައިސާ ނުދެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
