ސޯމާލިއާއަކީ އިޤްތިސާދީ ހާލަތު އެންމެ ދަށް އެއް ޤައުމެވެ. ސޯމާލިއާ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ސަރަހައްދެވެ. ސޯމާލިއާގެ ކަނޑު ފޭރޭމީހުން ކުދި ޑިންގީތަކުގައި ހަތިޔާރާއެކު ގޮސް މުދާ އުފުލާ ބޯޓުތަކާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ފޭރުމަކީ ވަރަށް އާއްމުކަމެކެވެ.
ސޯމާލިއާގެ ތިން މީހަކު ތިބި ޑިންގީއެއް ވަވައްޗަށް ލައްގައިފި
ސޯމާލިއާގެ ތިން މީހަކު ތިބި ޑިންގީއެއް ވަވައްޗަށް ލައްގައިފި
ލިޔުން:
ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ޑިންގީއެއް ނ.އަތޮޅު ފަޅުރަށެއް ކަމަށްވާ ވަވައްޗަށް ލައްގައިފިއެވެ.
"އަރްމާޖޯ 1" ނަމަކަށް ކިޔާ ޑިންގީއެއް ތިން މީހުންނާއެކު އެ ރަށަށް ލައްގާފައިވާކަމަށް ފުލުހުންވެސް ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފައެވެ. ނަމަވެސް މި ޑިންގީގައި ތިބި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑިންގީގައި ތިއްބާ ނަގާފައިވާ ފޮޓޯތަކަށް ބަލާއިރު، އެމީހުންގެ ހާލު ރަނގަޅުކަމަށް ފެނެއެވެ.
މި ތިންމީހުންވެސް މިހާރު ތިބީ ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައެވެ.
ރާއްޖެއަކީ ސޯމާލިއާ އާ ކައިރީގައި އޮންނަ ޤައުމެއްކަމުން ބެހިގެންނާއި އެނޫންވެސް ގޮތްގޮތުން މީގެ ކުރިންވެސް ވަރަށްގިނައިން ސޯމާލިއާ މީހުންގެ އުޅަނދުތައް ރާއްޖެ ސަރަހައްދަށް ބެހިެގން ނަމަވެސް ވަނުމަކީ އާއްމުކަމެކެވެ. މީގެ ތެރެއިން އަންނަ ބައެއް މީހުން ރާއްޖެ ގެނެސް އަނބުރާ ސޯމާލިއާއަށް ފޮނުވާލާފައިވެސް އެބަހުއްޓެވެ. ސޯމާލިއާގެ އިރަށް އިންޑިއާ ކަނޑުން އެންމެ ކައިރީގައި އޮންނަނީ ދިވެހިރާއްޖެއެވެ.
ސޯމާލިއާއަކީ އިޤްތިސާދީ ހާލަތު އެންމެ ދަށް އެއް ޤައުމެވެ. ސޯމާލިއާ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ސަރަހައްދެވެ. ސޯމާލިއާގެ ކަނޑު ފޭރޭމީހުން ކުދި ޑިންގީތަކުގައި ހަތިޔާރާއެކު ގޮސް މުދާ އުފުލާ ބޯޓުތަކާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ފޭރުމަކީ ވަރަށް އާއްމުކަމެކެވެ.
ސޯމާލިއާއަކީ އިޤްތިސާދީ ހާލަތު އެންމެ ދަށް އެއް ޤައުމެވެ. ސޯމާލިއާ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާ އެއް ސަރަހައްދެވެ. ސޯމާލިއާގެ ކަނޑު ފޭރޭމީހުން ކުދި ޑިންގީތަކުގައި ހަތިޔާރާއެކު ގޮސް މުދާ އުފުލާ ބޯޓުތަކާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ފޭރުމަކީ ވަރަށް އާއްމުކަމެކެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
