ފުލުހުން ބުނީ އިޔާޝް އާއިލާއަށް ހަބަރުނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ވެސް އާއިލާއާ ހަވާލީދީ ފުލުހުން ބުނެއެވެ.
އެގޮތުން، ޢިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަހުން މާލެއިން ވެސް ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް އިއުލާނުކޮށްފައެވެ. އެ ކުއްޖާ ވަނީ ހޯދަން އިއުލާނުކުރި ދުވަހުގެ ރޭ ފެނިފައެވެ.






