މާލެ: 31°C
މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށްފި

June 21, 2024
2 ފަހަރު ބަލާފައި
މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށްފި
ވަގަށް ޖަލަށް ވައްދާ ތަކެތި ވެއްދުން ހުއްޓުވުމަށް ހާއްސަ ދެ މެޓަލް ޑިޓެކްޓަރު މާފުށީ ޖަލުގައި ހަރުކޮށްފިއެވެ. މިކަން ހާމަކުރައްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާފުށީ ޖަލުގައި މެޓަލް ޑިޓެކްޓަރުތައް ހަރުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށާއ އަދިި އަންނަ މަހުގެ ތެރޭގައި ބޮޑީ ސްކޭނިން މެޝިނެއް ވެސް ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އިހްސާން ވިދާޅުވީ، ކޮންމެ ގޮޅިއެއްގައި އެވްރޭޖްކޮށް ފޯނާއި، މަސްތުވާތަކެތި ފެންނަ ކަމަށާއި، އެކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި އަޅަމުންދާ ކަމަށެވެ. ޖަލުގައި ހުރި އެ މައްސަލަތައް ހައްލު ވުމުން މުޖުތަމައު ތެރޭގައި ހުރި ސްކޭމް ކޯލްތައް ހުއްޓުވުމަށް ކުރާ މަސައްކަތްކަން ފަހަގަކުރައްވަމުން އިހްސާން ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ބޭންކާއެކު ރަނގަޅު އެއްބަސްވުމެއް ހަދައިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެން މިހާރު ސްކޭމްތަކަށް ހާއްސަ ސެންޓަރެއް ފުލުހުންގެ ސްޓްރެޓިކް ތެރޭގައި ވަނީ ގާއިމްކުރެވިފައި،" މިނިސްޓަރ ވިދާޅުވިއެވެ. އޭގެ އިތުރުން، މީހާގެ ފައިސާ ފޭރިގަންނަ ހާލަތުގައި އެ ފައިސާ ރިކަވާ ކުރެވޭނެ މަގު ހޯދުމަށް ޕްރޮޓޮކޯލްސްތައް ހަދަމުންދާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ