މާލެ: 31°C
މިމަހު އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ނަގައިފި

މިމަހު އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ނަގައިފި

June 21, 2024
3 ފަހަރު ބަލާފައި
މިމަހު އީދު މިސްކިތުން އެކަނިވެސް 10 ފަންކާ ވަގަށް ނަގައިފި
އީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިސްކިތްތަކުގައި ހުންނަ ކެމެރާ ފުޓޭޖުތައް ނަގައި، ފުލުހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "މިސްކިތުގެ ކެމެރާ ފުޓޭޖުތައް ނަގައި ފުލުހަށް މައްސަލަ ހުށާހަޅުމުގެ މަސައްކަތް ދަނީ ކުރަމުން، މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނުހެދުމަށް ކައުންސިލުން އިލްތިމާސް ކުރަން،" އެ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ ދުވަސްތަކެއް ކުރިން ތަޤުވާ މިސްކިތުން 7 ފަންކާގެ އިތުރުން ދަރުމަވަންތަ މިސްކިތުން ދެ ފަންކާ އާއި މޯޓަރު ވެސް ވަގަށް ނަގާފައިވެއެވެ. މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. އޭރު ވަގަށް ނެގި ހަ ފަންކާއެއް ހޯދައި 31 އަހަރުގެ މީހަކު ވެސް ފުލުހުން ހައްޔަރުކުރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ