މާލެ: 31°C
ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ: މޭޔަރ ،.

ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ: މޭޔަރ ،.

June 21, 2024
3 ފަހަރު ބަލާފައި
ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ: މޭޔަރ ،.
މާލެސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ކަންކަން އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށާއި އަދި އެއީ ރައްޔިތުންނާއި ކައުންސިލަށް ފައިދާ ހުރި ކަންތައްތަކެއް ކަމަށެވެ. "އަޅުގަނޑުގެ އަމާޒަކަށްވީ ރައީސް މުއިއްޒު ފެއްޓެވި މަސައްކަތްތައް، އެގޮތަށް ހަމަ ކުރިޔަށް ގެންދާނީ، ކައުންސިލާއި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް އެ ހުންނަނީ،" އާޒިމް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ރިޔާސީ އިންތިހާބާއި ދިމާކޮށް ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާއިރު މި ސަރުކާރުން އެ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އާޒިމް ވިދާޅުވީ ވަކި ސަރުކާރަކުން ނުވަތަ ވަކި ބޭފުޅަކު ފެށި މަސައްކަތަކަށް ވުމުން އެ މަސައްކަތް ހުއްޓާާލުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށެވެ. އެގޮތަށް އެކަން ކުރުމުން ރައްޔިތުންގެ ވަގުތާއި އެތައް ބައިވަރު ފައިސާތަކެއް ގެއްލިގެންދާ ކަމަށާއި ސިޔާސީ ކޯޅުންގަނޑާ ހުރެ އެކަމަކަށް ރައްޔިތުން ކުރަމުންދާ މިންނެތް މަސައްކަތް ގެއްލި އޭގެ އަސަރު ގިނަ ރައްޔިތުންނަށް ކުރަމުންދާކަން ވެސް އާޒިމް ފާހަގަކުރެއްވިއެވެ. "ރައްޔިތުން އަޅުގަނޑުމެން އިންތިހާބުކުރީ ކޯޅޭކަށެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން. އެބަޔަކަށް ހާސިލް ކުރެވޭނީ ހާސިލް ކުރަން އުޅޭ ކަމެއް، ކޯޅެން އުޅޭ ބަޔަކަށް ކޯޅެވޭނީ، ޚިދުމަތް ކުރަން އުޅޭ ބަޔަކަށް ޚިދުމަތް ކުރެވޭނީ. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ ޚިދުމަތްކޮށްދިނުންް." އާޒިމް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ