މާލެ: 31°C
އުތުރު ކޮރެއާއާއެކު ރަޝިއާއިން އަސްކަރީ އެއްބަސްވުމެއް ހެދުމުން ނޭޓޯ ރުޅިގަދަވެއްޖެ

އުތުރު ކޮރެއާއާއެކު ރަޝިއާއިން އަސްކަރީ އެއްބަސްވުމެއް ހެދުމުން ނޭޓޯ ރުޅިގަދަވެއްޖެ

June 20, 2024
2 ފަހަރު ބަލާފައި
އުތުރު ކޮރެއާއާއެކު ރަޝިއާއިން އަސްކަރީ އެއްބަސްވުމެއް ހެދުމުން ނޭޓޯ ރުޅިގަދަވެއްޖެ
ރަޝިޔާގެ ރައީސް ޕުޓިން މިހާރު އުތުރު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން އަސްކަރީ އެއްބަސްވުމެއްގައި ސޮއި ކުރުމުން ނޭޓޯއިން ރުޅިގަދަވެއްޖެއެވެ. އުތުރު ކޮރެއާގެ ރައީސްއާއެކު ބޭއްވި ރަސްމީ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕުޓިން ވިދާޅުވި ގޮތުގައި ނޭޓޯ ގައުމުތަކުން ޔޫކުރެއިނަށް ހަތިޔާރު ފޯރުކޮށްދީ ރަޝިޔާ ނުރައްކަލުގެ ތެރެއަށް ވައްޓާލަން ކުރާ މަސައްކަތުގެ ނަތީޖާ ހުޅަނގަށް ހިތިވާނެއެވެ. އެގޮތުން ހުޅަނގުން އެންމެ ބިރުގަންނަ ނޯތުކޮރެއާއަށް ޒަމާނީ ހަތިޔާރާއި ހަނގުރާމައިގެ ފަހުގެ ޓެކްނޮލޮޖީއާއި ތަމްރީނުތައްވެސް ރަޝިއާއިން ފޯރުކޮށްދޭނެއެވެ. އަސްކަރީ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕުޓިން އެހެން ވިދާޅުވިތާ 24 ގަޑިއިރުވެސް ނުވަނީހެވެ. ރަޝިއާގެ މިއަމަލު ނޭޓުގެ ގައުމުތަކުން ސިފަކުރީ "މޮޔައަކަށް ކަނޑިއެއް ދިނުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ. އަދި ނޭޓޯގެ ގައުމުތައް ގުޅިގެން އާންމުކުރިި ނޫސް ބަޔާނެއްގައި ބުނެފައިިވާ ގޮތުގައި އުތުރު ކޮރެއާއިން ރަޝިއާއަށް ނިއުކުލިއަ ހަތިޔާރުގެ އެހީތެރިކަން ދޭނެކަމުގެ އިޝާރާތެއް ލިބިއްޖެނަމަ ދުނިޔޭގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދާނެއެވެ. އެއީ "ހަނގުރާމައެއް ކުރަން ޖެހުނަސް ފަސް ނުޖެހޭނެ" ކަމެއްގެ ގޮތުގައި ހުޅަނގުން ބަސްބުނެފައިވެއެވެ. އެމެރިކާއިން ބުނީ ރަޝިއާ އާއި އުތުރު ކޮރެއާއަކީވެސް މިހާރު ދުނިޔެއަށް ބޮޑު ބިރެއް ކަމަށެވެ. އަދި ރަޝިއާއިން ދައްކާ ބިރަށް އެމެރިކާ ނުސިހޭނެ ކަމަށާއި ޔޫކުރެއިނަށް އެމީހުންގެ އިސްތިގުލާލު ހިމާޔަތްކޮށް ސަލާމަތާއި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި ދޭން ޖެހޭ އެހީތެރިކަން ކޮންމެ ހާލަތެއްގައިވެސް ދެމުން ގެންދާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ