މާލެ: 31°C
ވޯލްޑް ބޭންކުން ރާއްޖެ ސަރަހައްދަށް އާ ޑިރެކްޓަރެއް ހަމަޖައްސައިފި

ވޯލްޑް ބޭންކުން ރާއްޖެ ސަރަހައްދަށް އާ ޑިރެކްޓަރެއް ހަމަޖައްސައިފި

June 20, 2024
3 ފަހަރު ބަލާފައި
ވޯލްޑް ބޭންކުން ރާއްޖެ ސަރަހައްދަށް އާ ޑިރެކްޓަރެއް ހަމަޖައްސައިފި
ވޯލްޑް ބޭންކުން ރާއްޖެ ސަރަަހައްދަށް ކަންޓްރީ ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފިއެވެ. ވޯލްޑް ބޭންކުން ބުނީ އަންނަ މަހުގެ އެއް ވަަނަ ދުވަހުން ފެށިގެން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާގެ އާ ކަންޓްރީ ޑައިރެކްޓަރަކީ ޑޭވިޑް ސިސްލަން ކަމަށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދް ޒާވޯސް އެވެ. އޭނާ އަކީ އެމެރިކާ އާއި އިޓަލީ އަށް ނިސްބަތްވާ ރައްޔިތެކެވެ. ޑޭވިޑް ވޯލްޑް ބޭންކާ ގުޅިވަޑައިގަތީ މީގެ 23 އަހަރު ކުރިން 2001 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގައެވެ. ޑޭވިޑް ވިދާޅުވީ މަގާމުގެ ޒިންމާއާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެ، ނޭޕާލް އަދި ލަންކާގެ ސަރުކާރުތަކާ ގުޅިގެން ރަނގަޅު ކުރިއެރުންތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ