ޝަހީމް ފާހަގަކުރެއްވި ކާމިޔާބީތައް:
-
ފެންވަރު ރަނގަޅު ދިވެހި ރަހަތަކާ އެކު ކެއުން ފޯރުކޮށްދިން.
-
ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދިން. ޑައިލިސް ހަދާ މީހުންނާއި ކެންސަރު ފަރުވާ އާއި ހިތުގެ ބަލި ހުންނަ ބައެއް މީހުން ތިބި. އެ އެންމެންނަށް އޯގާތެރިކަން ފޯރުކޮށްދިން.
-
އެޑްމިޓްކުރި މީހުންނަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދިން.
-
މަގު އޮޅުނު ސަތޭކައެއްހާ މީހުން ޑިވައިސްގެ އެހީގައި ހޯދި.
-
އަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް. ބަލި މީހުން ވެސް އަރަފަރާތަށް ގެންދިޔަ.
-
ވީލްޗެއާގައި ގިނަ ބަޔަކު އުޅުނު އިރު އެ އެންމެންނަށް އެހީތެރިކަން ދިން.
-
އަރަފާތުގެ ފޭލިގޭގެ އިންތިޒާމުތައް ފުރިހަމަ.
އެ މެސެޖުގައި މިނިސްޓަރު ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންނާއި އެހީތެރިން އަދި ހައްޖު މިޝަނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހި ހައްޖުވެރިންނަށް އެހީވި މަދީނާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
"އަދި ހާއްސަކޮށް ބޮޑު ކައްކާ ވަހީދުބެ އަށް ޝުކުރު ދަންނަވަން. ޑރ އާދަމް ޝަމީމާއި އިލްމުވެރި އެންމެހައި މުރުޝިދުންނަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވިއެވެ.







