މާލެ: 31°C
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ހޯދައިފި

"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ހޯދައިފި

June 19, 2024
3 ފަހަރު ބަލާފައި
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ހޯދައިފި
މާފަންނުގައި ހުންނަ އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ ފިހާރައެއް ކަމަށްވާ "ސޮރީ ބޯއީސް" ގެ ބިއްލޫރިގަނޑު ތަޅާލައި ވަގަށް ގެންދިޔަ ތަކެތި ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނީ ރޭ މެންދަމު 3:45 ހާއިރު މާފަންނު މަޖީދީ މަގުގައި ހުންނަ "ސޮރީ ބޯއިސް" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ވަގަށް ނެގި ތަކެތި ފުލުހުން ހޯދި ނަމަވެސް ވައްކަންކުރި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ. "ސޮރީ ބޯއިސް" އިން ވަގަށް ނެގި ތަކެތި ފެނުނީ ވައްކަންކޮށްގެން ނިކުންނަން އުޅެނިކޮށް މީހަކަށް ފެނުމުން ތަކެތި ދޫކޮށްލާފައި ދިއުމުން ކަމަށް ފުލުހުން ބުންޏެވެ. "މި ފިހާރައިން ގެއްލުނު ތަކެތި ރިކަވާ ކުރެވިފައިވޭ،" ފުލުހުން ބުންޏެވެ. ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުންދާއިރު، އެފިހާރައިން ވަގަށްނެގީ ކޮން އެއްޗެއް ކަމެެއް ފުލުހުން ހާމައެއް ނުކުރެއެވެ. ވައްކަމުގެ މައްސަލަތައް އިންތިހާއަށް ގިނަވަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވެސް ވައްކަމުގެ މައްސަލަތަށް ކަމަށް ފުލުހުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ