މާލެ: 31°C
މާލޭގައި ފެންބޮޑުވާ މަގުތައް އަލުން ހަދަން ފަށައިފި

މާލޭގައި ފެންބޮޑުވާ މަގުތައް އަލުން ހަދަން ފަށައިފި

June 19, 2024
2 ފަހަރު ބަލާފައި
މާލޭގައި ފެންބޮޑުވާ މަގުތައް އަލުން ހަދަން ފަށައިފި
ވިއްސާރަ ދުވަސްވަރުގައި މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ފެންބޮޑުވާ މަގުތައް އަލުން ހަދަން ފަށައިފިއެވެ. ގައުމީ ދިފާއީ ބާރާއި އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއާއި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ، މ. އިއްޒުއްދީން މަގު ކުރިމަތީ މަގު މަރާމަރާމާތު ކުރުމަށް މިހާރު ރޫޅާލަމުންގެންދާ ކަމަށެވެ. އަދި އެމަގަކީ ފެން ހިންދުން ލަސްމަގެއްކަން ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

"މި މަގަކީ ފެންހިނދުން ލަސްމަގެއް. ހަދައި ނިމުމުން މިކަމަށް ހައްލެއް ލިބި ހިނގާ މީހުނަށާއި ސްކޫލް ކުދީންނަށް ވަމުންދާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. މިގޮތަށް ފެން ހެދޭ މަގުތައް ރަނގަޅުކުރުން ކުރިޔަށް އޮތްދުވަސްތަކުގައި ކުރިޔަށްދާނެ،" މޭޔަރު ވިދާޅުވިއެވެ.

މިފަހުން ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގައި މާލޭގެ އެކި ސަރަހައްދުގެ ގިނަ ގެތަކަކަށް ފެން ވަދެ ގޭތެރޭގެ ހަރުމުދާތަކަށް ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވެ، އެތަކެތި އަލުން އާ ކުރަން ޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ