މާލެ: 31°C
ހުޅުމާލެއިން ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް މި މަހުގެ 23 ގެ ކުރިން ނަގަން އަންގައިފި

ހުޅުމާލެއިން ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް މި މަހުގެ 23 ގެ ކުރިން ނަގަން އަންގައިފި

June 19, 2024
2 ފަހަރު ބަލާފައި
ހުޅުމާލެއިން ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް މި މަހުގެ 23 ގެ ކުރިން ނަގަން އަންގައިފި
ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެ ސަރަހައްދުގައި އަޅާފައިވާ ރަތް ކުލައިގެ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑު އުޅަނދުތައް ނަގަން އަންގައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ސަބަބުން މަސައްކަތަށް ދަތިވާ ކަމަށާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެ ސަރަހައްދުގައި ރަތް ކުލައިން ފާހަގަވާނޭ ގޮތަށް އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ އުޅަނދުތައް މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން އެދިފައިވެއެވެ. އަދި މި މަހުގެ 23 ގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ. ހުޅުމާލެ ފޭސް 3 ހިއްކާ ސަރަހައްދުގެ މަސައްކަތް ފެށުމަށް އެކި ފަހަރުގެ މަތިން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ. އެގޮތުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު، މި މަޝްރޫއު ވަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ހަވާލުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ