
ކަސްޓަމްސްއިން ބޮޑީ ކެމެރާ ބޭނުންކުރަން ފަށަނީ
ކަސްޓަމްސްއިން ބޮޑީ ކެމެރާ ބޭނުންކުރަން ފަށަނީ
ލިޔުން:
ކަސްޓަމްސް އޮފިސަރުން ކުރަނީ ނަޒާހާތްތެރި މަސައްކަތްތަކެއްކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ވަރަށް އަވަހަށް ބޮޑީ ކެމެރާ ބޭނުންކުރަން ފަށާނެކަމަށް ކަސްޓަމްސްގެ ކޮމިޝަނަރ ޖެނަރަލް ޔޫސުފް މާނިއު ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ ތެރޭގައި ނޭދެވޭ ބައެއް އަމަލުތައް ހިންގަމުންދާކަމަށް ބުނެ ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުންވަނީ ތުހުމަތުތަކެއް އަމާޒުކޮށްފައެވެ. އެކަމަށް އަލިއަޅުއްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާނިއުވަނީ ސޯޝަލްމީޑިއާގައި ދެކެވޭ ހަގީގަތާއި ހިލާފު ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހާއްސަ ގޮތެއްގައި ކާކު ކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވުމަށް ބިނާކޮށްފައިވާ ފޭކް އެކައުންޓުތަކުން ފަތުރަމުންދާ މައުލޫމާތުތައް ގަބޫލުނުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މާނިއު ވިދާޅުވީ، ކަސްޓަމްސްއިންވަނީ ގަނޫނީ އިމުގެ ތެރެއިން ވިޔަފާރި އަށް މަގުފަހިކުރުމަށާއި ވަގަށް ތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ކަސްޓަމްސްގެ އުސޫލުތަކާއި ގަވައިދުތަކަށް ބަދަލުތައް ގެނެސްފައިވާނެކަމަށެވެ. އަދި މިފަހުން ވަގަށް އެތެރެކުރަން މަސައކަތްކުރި ސިނގިރޭޓު ކޮންޓެއިނަރެއް ހިފަހައްޓާފައިވުމަކީ މިހާރު މަސައްކަތްތައް ހަރުދަނާކޮށް ވަރުގަދަކުރެވިފައިވާކަން ފެނިގެންދާ ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޮޑީ ކެމެރާތަކުގެ ބޭނުން ހިފަން ފަށާނެކަމަށެވެ. އަދި އެކަން މެދުވެރިކޮށް އޮފިސަރުން ނަޒާހާތްތެރި މަސައްކަތްތަކެއް ކުރާކަން ކަށަވަރުކުރުމަށް ފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މާނިއު ވިދާޅުވީ، ދޮގު ވާހަކަތައް ފަތުރައި އަބުރުކަތިލުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުން ކަސްޓަމްސްގެ މަސައްކަތްތައް ހުއްޓުވާނުލެވޭނެކަމަށެވެ.
މާނިއު ވިދާޅުވީ، އޮފިސަރުންގެ އަގު ވައްޓާލައި މަސައްކަތްތަކާއިމެދު ސުވާލު އުފެއްދުމަކީ މުދާ ވަގަށް އެތެރެކުރާ މީހުން ނުވަތަ ސްމަގްލަރުން އެ މީހުން އަރައިގަންނަމުންދާ ކުށްތަކުން މީހުންގެ ސަމާލުކަން ނަގާލުމަށްޓަކައި ބޭނުންކުރާ އުކުޅެއްކަމަށެވެ.
އޭނާ ވިދާޅުވީ، އާންމުން ހަގީގަތާއި ދޮގު ވަކިކުރަންޖެހޭނެކަމަށެވެ. އަދި ވަގަށް މުދާ އެތެރެކުރުމުގެ މަސައްކަތްތައް ހުއްޓުވުމުގައި އެހީތެރިކަމަށް އެދިވަޑައިގެންފައިވާއިރު ކޮރަޕްޝަންގެ އަމަލުތައް މިނިވަން މުއައްސަސާތަކަށް ރިޕޯޓުކުރުމަށްވެސް ވިދާޅުވިއެވެ.
ކުރެެވެމުންދާ ތުހުމަތުތަކަށް އަލިއަޅުއްވައި މާނިއު ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުގައި ކަސްޓަމްސް އޮންނަ ހިނދު، ނޭދެވޭ އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގިކަމަށް އެކަށީގެންވާ ހެކި ލިބިވަޑައިގެންފި ހާލަތުގައި ކޮންމެ އޮފިސަރެއް ނަމަވެސް ގާނޫނުގައި ވާގޮތުގެ މަތިން ލިބެންޖެހޭ އެންމެ ބޮޑު އަދަބު ލިބިގެންދާނެކަން ކަށަވަރުކުރައްވާނެކަމަށެވެ. އަދި އޭނާއަކީވެސް މަގާމުގެ ހުވާ ކުރައްވައިގެން ހުންނެވި އޮފިސަރެއްކަމަށްވުމުން ރައްޔިތުންގެ ތެރޭގައި ހިދުމަތްތަކަށް އިތުބާރު ދެމެހެއްޓުމަކީ ޒިންމާއެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށްވެސް ހިއްސާކުރެއްވިއެވެ.
މާނިއު ވިދާޅުވީ، އަބަދުވެސް ހިދުމަތްކުރަނީ ކޮން ފަރާތަކަށްކަން އޮފިސަރުންނަށް ހަނދާންކޮށްދެއްވާކަމަށާއި ރައްޔިތުންނަށް ހިދުމަތްތަަަަަަަަަަަަަަަަަަަަކެއް ކޮށްދިނުމުގެ ނިޔަތުގައި ފައްޓަވާފައިވާ މަސައްކަތްތައް ކާމިޔާބުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
