
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، މާލި ޕެރޭޑުން ފެނުނު މެސެޖް ހަޖަމްވާކަމަށް
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، މާލި ޕެރޭޑުން ފެނުނު މެސެޖް ހަޖަމްވާކަމަށް
ލިޔުން:
ކޮންމެ އަހަރަކުވެސް ޢީދު ފާހަގަކުރުމުގެ ގޮތުން ހދ.ކުޅުދުއްފުށީގައި ބާއްވަމުން އަންނަ މަށިމާލި ޕެރޭޑަކީ މުޅި ރާއްޖޭގައި އީދު ފާހަހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ އެންމެބޮޑު ސަމާލުކަމެއް އަބަދުވެސް ލިބެމުން އަންނަ އެއް ހަރަކާތެވެ. މަށިމާލި ޕެރޭޑަށް އެހާބޮޑު ސަމާލުކަމެއް ލިބެނީ އޭރަކު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އާއްމުން އެންމެ ފާހަގަކުރާ ކަންތައްތަކާ ބެހޭގޮތުން ޖޯކު ޖަހާތީއެވެ.
ކުރިއެކޭ އެއްގޮތަށް މިފަހަރުގެ އީދުގައިވެސް ކުޅުދުއްފުށީ ރައްޔިތުން ވަނީ އިއްޔެ ދައްކާލި މަށިމާލި ޕެރޭޑުގައި މިފަހުން ސިޔާސީ މަޝްރަހުގައި އާއްމުންގެ އެންމެބޮޑު ސަމާލުކަން ލިބިގެންދިޔަ ކަންކަން ދައްކާލާފައެވެ.
މިފަހަރުގެ މަށިމާލި ޕެރޭޑާ ގުޅޭގޮތުން އެންމެ އަވަށް ހިޔާލުފާޅުކުރި ސަރުކާރުގެ ވެރިޔަކީ މަސްވެރިކަމާ ބެހޭ ވަޒީރެވެ. މަށިމާލި ޕެރޭޑްގައި ވަނީ މަސްވެރިންނަށް މި ސަރުކާރުން ވައުދުވި މަސްވެރިންނަށް ފައިސާ ދިނުމުގެ ވައުދުގެ ވާހަކަ އާއި މިޔަރު ގިނަވުމުން ކަންކަން ވަމުންދާގޮތް ދައްކުވާލަދީފައެވެ.
މަށިމާލި ޕެރޭޑްގައި މަސްވެރިކަމާ ބެހޭ ވުޒާރާއަށް ނިސްބަތްވާ މަންޒަރުތަކާ ބެހޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ، ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް ކަމަށެވެ. ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މަސްކިރުވުމަށްފަހު މަސްވެރިންނަށް ފައިސާ ދިނުން ވަރަށްބޮޑަށް ލަސްވަމުންދާ މައްސަލާގައި މަސްވެރިންވަނީ މިދިޔަ ބުދަދުވަހު މާލެ ސަރަހައްދުގައި ވަރުގަދަ އިހުތިޖާޖެއް ކުރިއަށްގެންގޮސްފައެވެ.
ފިޝަރީޒް މިނިސްޓްރީގެ އިތުރުންވެސް ސަރުކާރުގެ ބައެއް ވެރިންނާއި، އަދި ބައެއް ވުޒާރާތަކާއި ކުންފުނިތަކަށް ނިސްބަތްވާގޮތަށް މަށިމާލި ޕެރެޑުގައި ވަނީ ޖޯކު ޖަހާފައެވެ. އޭގެ ތެރޭ ގެދެރުވެރިކަމާ ބެހޭ ވުޒާރާ، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފެނަކަ އާއި ރައްޔިތުން މަޖިލީހުގެ ރައީސްއަށްވެސް ނިސްބަތްވާގޮތަށް ޖޯކު ޖަހާފައި ހުރިކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
