މާލެ: 31°C
ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ

June 18, 2024
3 ފަހަރު ބަލާފައި
ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ
ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހަކު ރޭ މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބުރިޖުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީ މީހަކު އަނބުރައިގަނެގެން ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އަދި އެމީހާ ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެއީ އިންޑިއާ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް، އޭނާއާއި އެ މީހާ މަރުވި ގޮތާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބުރިޖުގެ މެއިންޓެނެންސް މަސައްކަތްތައް އެކި ދުވަސް މަތިން އަންނަނީ ކުރިއަށްގެންދަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ