
އީދު ދުވަހު މަނާ ވަގުތުގައި އުޅަނދު ދުއްވި 43 މީހަކަށް ފިޔަވަޅު އަޅައިފި
އީދު ދުވަހު މަނާ ވަގުތުގައި އުޅަނދު ދުއްވި 43 މީހަކަށް ފިޔަވަޅު އަޅައިފި
ލިޔުން:
އަޟްހާ އީދުގެ ފުރަތަމަ ދުވަހު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުގައި އުޅަނދު ދުއްވި 43 މީހަކު ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ ފިޔަވަޅު އެޅި މީހުންގެ ތެރެއިން 27 މީހުންނަށް ފިޔަވަޅު އެޅީ ހުޅުމާލެ ފޭސް އެކެއްގައި އުޅަނދު ދުއްވައިގެން ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި އުޅަނދު ދުއްވައިގެން 13 މީހަކަށް ފިޔަވަޅު އެޅިއިރު މާލެ އިންވެސް ތިން މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ އީދުގެ ފުރަތަމަ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ.
އީދު ދުވަސްތަކުގައި ވަކި ވަގުތަކު އެއްގަމު އުޅަނދު ދުއްވުމަކީ މިހާރަކަށް އައިސް މަނާކުރާ ކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
