
ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތަށް ހަދަނީ
ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތަށް ހަދަނީ
ލިޔުން:
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ރަށްރަށުގައި މަސައްކަތްކުރާނަމަ އިތުރު ޕާމިޓެއް ހޯދަން ޖެހޭ ގޮތް ހަދާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ބަލަހައްޓަން ޖެހޭ ކަމަށް ކައުންސިލްތަކުގެ ދަފްތަރުގައިވެސް އޮތް ނަމަވެސް އެ ރަށްރަށަށް ދާ ބިދެސީން ފާހަގަކުރެވޭނެ އެއްވެސް ނިޒާމެއް ނެތް ކަމަށެވެ.
އެހެންކަމުން ފޮޓޯ ފެނުމުން ބިދޭސީންގެ އައިޑެންފިކޭޝަން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިބަލަނީ އެމީހުންގެ 100 ޕަސެންޓު ބައޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ލިބުނީމާ، އެ ޑޭޓާ ސިސްޓަމަށް ކައުންސިލަށް އެކްސެސް ދެނީ،". އިހުސާން ވިދާޅުވިއެވެ.
އަދި ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ކައުންސިލްތަކަށް އެހީތެރިވުމުގެ ގޮތުން ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން އެރަށަކުން އިތުރު ޕާމިޓެއް ނަގަން ޖެހޭގޮތް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެބަ މެންޑޭޓްކުރަން، އަޅުގަނޑުމެން ވޯކް ޕާމިޓެއް ރާއްޖޭގައި މަސައްކަތްކުރަން ދިނަކަސް އަދި އޭގެ އިތުރު ޕާމިޓެއް، އެ ރަށަކުން އިޝޫ ކުރަން ޖެހޭނެއޭ އޭނަ އެ ރަށެއްގައި މަސައްކަތް ކުރުމަށްޓަކައި، އޭރުން ދަފުތަރު [ރަނގަޅަށް] ބެލެހެއްޓޭނީ." އިހުސާން ވިދާޅުވިއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށި "ކުރަނގި" އޮޕަރޭޝަން މިހާރު ދެ ރަށެއްގައި ވަނީ ހިންގައިފައެެވެ. އެއީ ކ. ހިންމަފުއްޓާއި މާފުށީފައެވެ. އަދި މި ޕްރޮގްރާމް އިތުރު ފަސް ދިމާއެއްގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
