މާލެ: 31°C
އެންމެފަހުން އެޗްޑީސީން ހަޓްތައް ނަގަން ފަށައިފި

އެންމެފަހުން އެޗްޑީސީން ހަޓްތައް ނަގަން ފަށައިފި

June 17, 2024
3 ފަހަރު ބަލާފައި
އެންމެފަހުން އެޗްޑީސީން ހަޓްތައް ނަގަން ފަށައިފި
ހުޅުމާލޭ ފޭސް ދޭއްގެ އަތިރިމައްޗާ ދިމާލުގައި އުސޫލާ ހިލާފަށް އާއްމުންގެ ބަޔަކު ޖަހާފައި ހުރި ހަޓްތައް އެންމެފަހުން އެޗްޑީސީން ނަގަންފަށައިފިއެވެ. އެޗްޑީސީން ވަނީ މީގެ ކުރިން އެތައް ތާރީހުތަކެއް ދީ، އެ ހަޓްތައް ނެގުމަށް އަންގާފައެވެ. އެންމެފަހުން ހަޓްތައް ނެގުމަށް އަންގާފައިވަނީ ހުސްވި މެއިމަހުގެ 14 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބުނެފައިވަނީ މެއިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ހަޓްތަކެއް ނަގަން ޖެހޭނެ ކަމެށެވެ. ނަމަވެސް އެހާވަރުންވެސް ބައެއް މީހުން ހަޓްތައް ނަގާފައެއް ނުވެއެވެ. އެންމެފަހުން މަސްސަލަތު ގެއްލިދާނެކަމަށް ބެލެވޭތީވެ، އެޗްޑީސީން ވަނީ، ހަޓްތައް ޖެހުމަށް އެހެން ސަރަހައްދެއްވެސް ދައްކާފައެވެ. އެހާވަރުންވެސް ބައެއް މީހުން ދިޔައީ ހަޓްތައް ޖަހައި ވިޔަފާރިކުރަމުންނެވެ. އެޗްޑީސީން މިއަދު ވަނީ އެކްސްކަވޭޓަރު ބޭނުންކޮށްގެން ޓަވަރު 12 އާ ދިމާލު ހުސްބިމުގައި ހުރި ހަޓްތައް ނަގަން ފަށާފައެވެ. ހަޓްތައް ނަގަން ފެށުމާއި ގުޅިގެން ބައެއް މީހުންވަނީ އެހިސާބު އަތިރިމައްޗާ ދިމާލުގައި ހަޓްތައް ޖަހަން ފަށާފައެވެ. [caption id="attachment_104164" align="alignnone" width="758"] ފޭސް ދޭއްގެ އަތިރިމައްޗާ ދިމާލުގައި ޖަހާފައިހުރި ބައެއް ހަޓްތައް..[/caption] ހަޓްތައް ހިންގާ ބައެއް ފަރާތްތަކުން އެތަނަށް އެކި އަދަދުތަކުން އިންވެސްޓްކޮށްފައިވާއިރު، ބައެއް މީހުން ހަޓްތައް ހިންގަނީ ބިދޭސީން ލައިގެންނެވެ. މިގޮތުން ބަންގާޅިންގެ އިތުރުން ދެކުނު އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ މީހުންވެސް ހަޓްތަކުގައި ގެންގުޅޭކަން ފާހަގަކޮށްލެވެއެވެ. މިނިވަން ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އެތަނުގައި ހަޓްތައް ހަދައި ހަޓްތައް ފުޅާކުރުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ އެޗްޑީސީއަށް ނިސްބަތްވާ ބައެއް މުއައްޒަފުންގެވެސް އެއްބާރުލުމާއެކުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ