މާލެ: 31°C
ސައިކަލުތަކުގައި ގަސްތުގައި ބަޔަކު ރޯކޮށްލި ކަމަށް މިހާތަނަށް ނުބެލެވޭ: ފުލުހުން

ސައިކަލުތަކުގައި ގަސްތުގައި ބަޔަކު ރޯކޮށްލި ކަމަށް މިހާތަނަށް ނުބެލެވޭ: ފުލުހުން

June 17, 2024
3 ފަހަރު ބަލާފައި
ސައިކަލުތަކުގައި ގަސްތުގައި ބަޔަކު ރޯކޮށްލި ކަމަށް މިހާތަނަށް ނުބެލެވޭ: ފުލުހުން
މާލޭގައި އަނެއްކާވެސް ހުޅުޖަހައި ފަސް ސައިކަލެއްގައި ރޯވެފައިވަނީ، ބަޔަކު ގަސްދުގައި ހިންގި އަމަލެއް ކަމަށް މިހާތަނަށް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގައިފައިމިވަނީ ހޮޓެލް ޖެން ކައިރީގައި ޕާކްކޮށްފައިވާ ވެހިކަލްތަކެއްގައި ހުޅުޖަހައި ގިނަ އަދަދެއްގެ ސައިކަލް އަންދާލި މައްސަލައިގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށް ތަހުގީގު ހިންހަމުން ދަނިކޮށެވެ. ރޭ ހެންވޭރު މެހެލި ގޯޅީގައި ހުރި ސައިކަލްތަކެއްގައި ރޯވީ ދަންވަރު 00:37 ހާއިރެވެ. މިއީ ގަސްދުގައި ބަޔަކު ހިންގި އަމަލެއް ކަމަށް އަޑުފަތުރަމުންދާތީ، ފުލުހުން ބުނީ އެއީ ގަސްދުގައި ކުރިކަމެއް ކަމަކަށް މިހާތަނަށް ބެލި ބެލުމުގައި ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ސައިކަލްތަކުގައި ރޯވި ސަބަބު މިހާތަނަށް އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ ދުވަސްކޮޅެއް ކުރިން މަޖިލިސް ކައިރީގައި ހުރި ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި ވަނީ ގަސްތުގައި ރޯކޮށްލާފައެވެ. މި މައްސަލައިގައި އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ