މާލެ: 31°C
ދަރުބާރުގެ ކައިރީގައި ހިންގި މަރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެން ތަހުގީގު ނިމެންދެން ބަންދަށް

ދަރުބާރުގެ ކައިރީގައި ހިންގި މަރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެން ތަހުގީގު ނިމެންދެން ބަންދަށް

June 17, 2024
2 ފަހަރު ބަލާފައި
ދަރުބާރުގެ ކައިރީގައި ހިންގި މަރާމާރީއާ ގުޅިގެން ހައްޔަރުކުރި އެންމެން ތަހުގީގު ނިމެންދެން ބަންދަށް
ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުުޅިގެން ހައްޔަރުކުރި މީހުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ދަރުބާރުގެ ކައިރީގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 22:50 ހާއިއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މިމާރާމާރީގައި އެކަކަށް އަނިޔާ ލިބިފައިވާއިރު އޭނާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައިގައި ދިވެހި ހަތަރު ފިރިހެނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި މާރާމާރީގެ މައްސަލަ އިތުރައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ