މާލެ: 31°C
އަނެއްކާވެސް ހުޅުޖަހައި ފަސް ސައިކަލް އަންދާލައިފި

އަނެއްކާވެސް ހުޅުޖަހައި ފަސް ސައިކަލް އަންދާލައިފި

June 17, 2024
2 ފަހަރު ބަލާފައި
އަނެއްކާވެސް ހުޅުޖަހައި ފަސް ސައިކަލް އަންދާލައިފި
މާލޭގައި އަނެއްކާވެސް ހުޅުޖަހައި ފަސް ސައިކަލް އަންދާލައިފިއެވެ. މިހާދިސާ މި ހިނގީ ހޮޓެލް ޖެން ކައިރީގައި ޕާކްކޮށްފައިވާ ވެހިކަލްތަކެއްގައި ހުޅުޖަހައި ގިނަ އަދަދެއްގެ ސައިކަލް އަންދާލި މައްސަލައިގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށް ތަހުގީގު ހިންހަމުން ދަނިކޮށެވެ.
ރޭގެ އަލިފާނުގެ ހާދިސާ ރިޕޯޓްކޮށްފައިވަނީ ދަންވަރު 12:37ގައެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ކުރި މަސައްކަތުން އަލިފާން ނިއްވާލިއިރު ފަސް ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އަނދާފައެވެ.
ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ހުޅު ޖެހުމުން، އާންމުންގެ ބައެއް މީހުން ވަނީ އެސަރަހައްދުގައި ހުރި އެހެން ސައިކަލްތައް ދުރަށް ޖައްސާފައެވެ.
މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ