މާލެ: 31°C
ބޮޑު ޢީދުގައި މާލެއާއި ހުޅުމާލެއަށް ބޮޑު އުފަލެއް

ބޮޑު ޢީދުގައި މާލެއާއި ހުޅުމާލެއަށް ބޮޑު އުފަލެއް

June 16, 2024
2 ފަހަރު ބަލާފައި
ބޮޑު ޢީދުގައި މާލެއާއި ހުޅުމާލެއަށް ބޮޑު އުފަލެއް

ޢީދު ފާހަގަކުރުމަށް މާލޭގައި އާއި ހުޅުމާލޭގައި ބޭއްވި ގިނަ ހަރަކާތްތަކުން އާންމުންނަށް ބޮޑު އުފަލެއް ލިބިއްޖެއެވެ.

އެގޮތުން ޢީދުގެ ސަޤާފީ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ހަވީރުތައް ވަނީ ބާއްވާފައެވެ. ހެންވޭރުގައި ސޯސަންމަގާ މަޖީދީ މަގު ގުޅުނު ހިސާބުގައި ވަނީ ދަފިނެގުން ކުރިއަށްގެންގޮސްފައެވެ. އަދި އާޓިފިޝަލް ބީޗުގައި ކުޑަކުދިންގެ ކުޅިވަރުތައް ހިމެނޭގޮތަށް ކުޑަކުދިންގެ ހަވީރު ވަނީ ބާއްވާފައެވެ. ބޮޑު މަސް ބޭނުން އޮތީ އުސްފަސްގަނޑު ސަރަޙައްދުގައެވެ. މި ހަރަކާތުގައި ވަނީ އިހުޒަމާނުގައި ބޮޑު މަސް ބޭނުމުގައި ކަންތައް ކުރަމުން އައިގޮތުގެ ވާހަކައާއި އެކަން ކުރަމުން އައި ގޮތް ދައްކާލާފައެވެ. މީގެއިތުރުން އެމްއެންޑީއެފުންވަނީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކުރިމަތީގައިވެސް ސަގާފީ ބޮޑު ބެރު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
 ފޮޓޯ:ޕީއެސްއެމް

ގިނަ ހަރަކާތްތަކެއް ބާއްވާފައިވަނީ ރަސްފަންނު ސަރަޙައްދުގައެވެ. ރަސްފަންނުގައި ވަނީ ދެލި މާލި ނެރުމާއި ކޯޑި ކެނޑުމުގެ ކުޅިވަރު ބާއްވާފައެވެ. އަދި ކާށިދޫގެ ސަގާފީ އައިޓަމެއްކަމަށްވާ ލަނގިރީގެ ހަރަކާތް ވަނީ ބާއްވާފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަނީ ވަރަށް ގިނަ ކުޅިވަރުތައް ބާއްވާފައެވެ. މިރޭވެސް މާލެއާއި ހުޅުމާލޭގައި ޢީދުގެ ހަރަކާތްތައް އޮންނާނެއެވެ. އެގޮތުން ޢީދު ޝޯއާއި ހުޅުމާލޭގައި މިރޭ 09:00ގައި ހަވާ އެރުވުންވެސް އޮންނާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ