މާލެ: 31°C
އީދުގެ އުފާފާޅުކުރުމަށް އާއްމު ތަންތަނުގަ ކުލަ އާއި ފެން ޖަހައިގެން ނުވާނެ: އައްޑޫ ސިޓީ ކައުންސިލް

އީދުގެ އުފާފާޅުކުރުމަށް އާއްމު ތަންތަނުގަ ކުލަ އާއި ފެން ޖަހައިގެން ނުވާނެ: އައްޑޫ ސިޓީ ކައުންސިލް

June 16, 2024
3 ފަހަރު ބަލާފައި
އީދުގެ އުފާފާޅުކުރުމަށް އާއްމު ތަންތަނުގަ ކުލަ އާއި ފެން ޖަހައިގެން ނުވާނެ: އައްޑޫ ސިޓީ ކައުންސިލް
ޢީދު އުފާ ފާޅުކުރުމަށް އާއްމު ތަންތަނުގައި ކުލަ އާއި ފެން ޖަހައިގެން ނުވާނޭކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ. ޢީދުގެ އުފާފާޅުކުރުމާއި ގުޅޭގޮތުން އައްޑޫ ކައުންސިލުން ކޮށްފައިވާ އާއްމު އިޢުލާނެގައި ބުނެފައިވަނީ، ބަރަކާތްތެރި އަޟްޙާ ޢީދާއި ގުޅިގެން އައްޑޫސިޓީގެ އާންމު ތަންތަނާއި މަގުތަކުގައި އާންމުންނަށް އުނދަގޫވާނެހެން ފެން އަދި ކުލަ ޖެހުމަކީ މަނާ ކަމެއް ކަމަށެވެ. އައްޑޫ ކައުންސިލުން ބުނީ، އެ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި ދޭތެރޭ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. އައްޑޫ ކައުންސިލުން ވަނީ ފެންޖެހުން ފަދަ ހަރަކާތްތައް ހިންގުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައެވެ. އެ ކައުންސިލުން ބުނީ، ފެނާއި ކުލަ ޖެހުން ފަދަ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ނަމަ ކައުންސިލްގެ ހުއްދަ ލިބިގެން ކަނޑައެޅޭ ސަރަޙައްދުތަކުގައި ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނެ ކަމަށެވެ. މި ފަހަކަށް އައިސް އީދުގެ އުފާފާޅުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި ކުލަ ޖެހުމަކީ ވަރަށް އާއްމު ކަމެއް ނަމަވެސް މިއީ ގިނަ މީހުންނަށް ވަރަށް އުނދަގޫވާ ކަމެކެވެ. އެހެންވެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ އީދުގައި ކުލަޖެހުން މަނާވެސްކޮށްފައެވެ. މިއަދުގެ އީދު ހުތުބާގައި ވަނީ އީދުގެ އުފާ ފާޅުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އެހެން ދީންތަކުގެ މީހުން އުޅޭގޮތް ކޮޕީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ