މާލެ: 31°C
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު މާލޭގެ ދެ ސަރަހައްދެއްގައި

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު މާލޭގެ ދެ ސަރަހައްދެއްގައި

June 16, 2024
3 ފަހަރު ބަލާފައި
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު މާލޭގެ ދެ ސަރަހައްދެއްގައި
އިސްލާމިކް މިނިސްޓްރީން އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިިފިއެވެ. އެ ކުޑަކުދިންގެ ހަވީރު ބާއްވަނީ އިސްލާމިކް މިނިސްޓްރީ އާއި އެކްސެލް އިންޓަރނޭޝަނަލް ސްކޫލާއި ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ހަވީރު 4:00 އިން 6:00 އަށް އިސްލާމީ މަރުކަޒު މައިދާނާއި ކުޑަކުދިންގެ ބަގީޗާގައި އެ ކުޑަކުދިންގެ ހަވީރު ކުރިއަށްދާނެ ކަމަށެވެ. ކުޑަކުދިންގެ ހަވީރު ބާއްވާ ގަޑިއަކީ މާލޭގައި ވެހިކަލް ދުއްވުން މަނާ ގަޑިއެކެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ކުލަގަދަ ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ފާހަގަކުރަމުންދާއިރު، އެ މިނިސްޓްރީން ވަނީ ދެ މަސް ކުރިން އީދާއި ގުޅޭ "އީދު އައީ" ގެ ނަމުގައި މަދަހަ އަލްބަމެއް ވެސް ނެރެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ