މާލެ: 31°C
ބިލް ދެއްކިޔަސް ގޭގެ ވެރިފަރާތުގެ އެންގުމަށް ފެން ކަނޑާ މައްސަލަ ބަލަން ފަށައިފި

ބިލް ދެއްކިޔަސް ގޭގެ ވެރިފަރާތުގެ އެންގުމަށް ފެން ކަނޑާ މައްސަލަ ބަލަން ފަށައިފި

June 16, 2024
2 ފަހަރު ބަލާފައި
ބިލް ދެއްކިޔަސް ގޭގެ ވެރިފަރާތުގެ އެންގުމަށް ފެން ކަނޑާ މައްސަލަ ބަލަން ފަށައިފި
ގޭގައި ކުއްޔަށް އުޅޭ މީހުން ބިލް ދެއްކި ކަމުގައި ވިޔަސް ގޭގެ ވެރިފަރާތުގެ އެންގުމަށް ފެން ކަނޑާ މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފަށައިފިއެވެ. އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ގަވައިދުން ފެނުގެ ބިލް ދައްކަމުން ދަނިކޮށް ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލަ އާއި ކުންފުންޏަށް އެންގުމަކާ ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅުއަޅުވައި ހިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށެވެ. އެހެންވެ އެ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނަ ކަމަށާއިި މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކާއި ގުޅުން ހުރި އިދާރާތަކާ އެކު މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައި ދެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ފެނުގެ ހިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންނަށް ނޭދެވޭ އަސަރު ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ. "ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމުގައި ދަންނަން." ބަޔާނުގައި ބުނެފައިވެއެވެ. އެޗްއާރްސީއެމުން ބުނީ އާންމު ފަރުދުންގެ މެދުގައި އާއި އާންމު ފަރުދުންނާއި އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެންނަށް ވެސް އިލްތިމާސްކުރާ ކަމަށެވެ. ރާއްޖޭގައި ފެނުގެ ހިދުމަތް ދެމުން އަންނަނީ އެމްޑަބްލިއުސްސީ އާއި ފެނަކަ އިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ