
818 މިލިއަންގެ ސާފު ފައިދާ: އެސްޓީއޯއަށް ރެކޯޑު އަހަރެއް
818 މިލިއަންގެ ސާފު ފައިދާ: އެސްޓީއޯއަށް ރެކޯޑު އަހަރެއް
ލިޔުން:
އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 818 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. މިއީ ރެކޯޑް މިންވަރަކަށް އެކުންފުނީގެ ސާފު ފައިދާ އުފުލުނު އަހަރެކެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރުގެ މާލީ ތަފާސް ހިސާބުތައް އެކުންފުނިން ވަނީ އާންމުކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ކުރީ އަހަރު 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ލިބިފައިވެއެވެ.
އެސްޓީއޯގެ އާމްދަނީ މިދިޔަ އަހަރު ދަށްވި މައިގަނޑު ސަބަބެއް ކަމަށް އެކުންފުނިން ފާހަގަކުރީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލެވެ. މި ބަދަލާއެކު އެސްޓީއޯއިންވެސް ތެޔޮ ވިއްކާ އަގު ދަށްކޮށްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. ނަމަވެސް ކުންފުނިން ވިއްކި ތެލުގެ މިންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއި، ކުންފުނީގެ އެހެން ވިޔަފާރިތައްވެސް ކުރިއެރުމުން ޖުމްލަ ފައިދާގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިދިޔަ އަހަރު ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސްޓީއޯއިން ވަނީ ހޯދާފައެވެ. އޭގެ ކުރީ އަހަރު އެކުންފުނީގެ ހިނގުމުގެ ފައިދާއަކީ 1 ބިލިއަން ރުފިޔާއެވެ.
މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެކުންފުންނަށް ވަނީ ލިބިފައެވެ. މިއީ އެސްޓީއޯގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ. އެސްޓީއަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، އެންމެ 728 މިލިއަން ރުފިޔާއެވެ. މިއާއެކު މިއަހަރު ކުންފުނިން ވަނީ 12 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ.
މިކުރިއެރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާވެ، ޖުމްލަ ފައިދާ އިތުރުވުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް އިތުރުވެ، 1.1 ބިލިއަނަށް އަރާފައިވާ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ. މިއީވެސް އެ ގްރޫޕުގެ ތަރީޚުގެ ފުރަތަމަ ފަހަރަށް ހާސިލްކުރެވުނު ރެކޯޑު އަދަދެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
