މާލެ: 31°C
އިސްލާމްދީނާ ދެކޮޅު ރޭވުންތަކާ ދެކޮޅަށް ތެދުވަންޖެހޭ: ޢީދު ހުތުބާ

އިސްލާމްދީނާ ދެކޮޅު ރޭވުންތަކާ ދެކޮޅަށް ތެދުވަންޖެހޭ: ޢީދު ހުތުބާ

June 16, 2024
3 ފަހަރު ބަލާފައި
އިސްލާމްދީނާ ދެކޮޅު ރޭވުންތަކާ ދެކޮޅަށް ތެދުވަންޖެހޭ: ޢީދު ހުތުބާ
ދީނުގައި ޙަރާމް ކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލުމަށް ހުތުބާގައި ގޮވާލައިފި އެވެ. ހުތުބާގައި ބުނީ މާތްވެގެން ވާ އަޟުޙާ ޢީދު ދުވަހަކީ، ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަ ޢީދެއް ކަމަށެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަމުގައި، އިއްޔެ ޢަރަފާތު ބިމުގައި، އަހަރެމެންނަށް ފެނުނު މަތިވެރި މަންޒަރު ހަނދާނަށް ގެނައުމަށް އިލްތިމާސް ކުރި އެވެ. އެގޮތުން އެތަކެއް މިލިއަން މުސްލިމުން، އެއް ފޭރާމެއްގައި، އެއް ބިމަކަށް އެއްވެ، މާތް ﷲ ގެ ޙަޟުރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ޙާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި ވަނީ ހޭދަކުރިކަން ފާހަގަކުރި އެވެ. ހުތުބާގައި ބުނި ގޮތުގައި އެއީ ޢިއްޒަތްތެރިއެއް ނިކަމެއްޗެއް، ނުވަތަ ފަޤީރަކާއި މުއްސަންޖެއް، އަދި ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތިއެވެ. އެހެންކަމުން މިކަމުން އަންގައި ދެނީ އިސްލާމް ދީނުގައި، މީސްތަކުންގެ މެދުގައި މާތް ﷲ ކަނޑައަޅުއްވައިފައިވާ ހަމަހަމަކަންކަމަައް ހުތުބާގައި ވެެއެވެ. އަދި އެެއީ އެކަކުއަނެކަކުގެ މައްޗަށް ކިބުރުވެރި ނުވެ، ތަވާޟުޢުވެރިވުމުގެ މުހިއްމުކަންކަމުގައި ފާހަގަކުރި އެވެ. ​މާތްވެގެންވާ އަޟުޙާ ޢީދު ދުވަސް އަންނަނީ ހިތްތަކަށް އުފާވެރިކަން އިޢާދަކުރަމުންކަމަށްވުމާއި އެކު މިއީ ކެއުމާއި ބުއިމާއި އުފާ ފާޅުކުރުމުގެ ދުވަހެއްކަމަށް ހުތުބާގައި ބުންޏެވެ. ކީރިތި ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. (إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيْقِ عِيْدُنَا أَهْلَ الْإِسْلَامِ، وَهِيَ أَيَّامُ أَكْلٍ وَشُرْبٍ) މާނައީ: “ހަމަކަށަވަރުން ޢަރަފާތްދުވަހާއި، ޤުރްބާންކުރާ ދުވަހާއި، (އެބަހީ އަޟުޙާ ޢީދު ދުވަހާއި)، އަދި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހަކީ، އަހަރެމެން އިސްލާމްދީނުގެ އަހުލުވެރީންގެ ޢީދެވެ. އަދި އެއީ ކެއުމާއި ބުއިމުގެ ދުވަސްވަރެކެވެ.” ނަބިއްޔާގެ މި އިރުޝާދުގައިވާ ގޮތަށް އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބަޢަވާ ހުތުބާހައި ހަނދާންކޮށް ދިނެެވެ. އަދި ދީނުގައި ޙަރާމް ކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ގޮވާލި އެވެ. އަހަރެމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ. ﷲރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. “ފަހެ ހަމަކަށަވަރުން އަހަރެމެންވީ އެންމެ ދެރަ ނިކަމެތީންގެ ގޮތުގައެވެ. ދެން ފަހެ މާތް ﷲ އަހަރެންނަށް އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވިއެވެ. ފަހެ މާތް ﷲ އަހަރެމެންނަށް ޢިއްޒަތްތެރިކަން ދެއްވި ކަންތައް ފިޔަވައި އެހެން ކަމަކުން އަހަރެމެން ޢިއްޒަތް ހޯދަން އުޅެފި ނަމަ، މާތް ﷲ އަހަރެމެން ނިކަމެތިކުރައްވާނެކަން ދަންނާށެވެ!“ اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، اَللهُ أَكْبَرُ، لَا إِلَـٰهَ إِلَّا اللهُ، وَاللهُ أَكْبَرُ، وَلِلّٰهِ الْـحَمْدُ. ހުތުބާގައި ބުނީ އިސްލާމްދީނަކީ ޢިއްޒަތްތެރިކަންލިބިގެންވާ ދީނެއް ނަމަވެސް، މިއަދު އަހަރެމެން މުސްލިމުން މި ވަނީ ވަރަށް ނިކަމެތިވެފައިކަމަަށެވެ. މި ކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ހުތުބާގައި ފާހަަގަކުރި ގޮތުގައި ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޔަހުޔޫނީން ވެރިވެގަނެފައިވީ ހިނދުވެސް، އަހަރެމެންގެ މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުމެވެ. މި އުންމަތުގެ މީސްތަކުންގެ ޢަދަދާއި ޤުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް މެއެވެ. އެހެންކަމުން މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އަހަރެމެން ޢަޒުމްކަނޑައަޅަމާ ހިނގާށެވެ! ޢިލްމާއި ތަޢުލީމުކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމާ ހިނގާށެވެ! ފަންނިއްޔަތާއި ފަންނުވެރިކަމުގައި، ހުނަރުވެރިވަމާ ހިނގާށެވެ! މާތް ﷲ އާއި ރަސޫލާގެ ޢަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާ އެކު،ކުރިމަތިލަމާ ހިނގާށެވެ! ފަހެ މި އުންމަތަކީ އިންސާނިއްޔަތަށް އެތައް ގިނަގުނަ ޢިލްމާއި، ފަންނުވެރިކަމާއި، ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުންމަތެކެވެ. މި މަތިވެރި ދުވަހުގައި، އުންމަތް ބިނާކުރުމަށް އެންމެން ވެސް ޢަޒުމްކަނޑައެޅުމަށް ހުތުބާގައި ގޮވާލި އެވެ. އަދި ޢިލްމާއި ތަޢުލީމު ކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމަަށް އިލްތިމާސް ކުރި އެވެ. އަދި ގޮވާލީ މާތް ﷲ އާއި ރަސޫލާގެ ޢަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާ އެކު ކުރިމަތި ލުމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ