މާލެ: 31°C
ދީނުގެ އަސާސްތަކާ ޚިލާފުނުވާ ގޮތަށް ޢީދު ފާހަގަކުރުމަށް، ޢީދަށް އެއްދުވަހަށްވުމުން ސަރުކާރުން އަންގައިފި

ދީނުގެ އަސާސްތަކާ ޚިލާފުނުވާ ގޮތަށް ޢީދު ފާހަގަކުރުމަށް، ޢީދަށް އެއްދުވަހަށްވުމުން ސަރުކާރުން އަންގައިފި

June 15, 2024
2 ފަހަރު ބަލާފައި
ދީނުގެ އަސާސްތަކާ ޚިލާފުނުވާ ގޮތަށް ޢީދު ފާހަގަކުރުމަށް، ޢީދަށް އެއްދުވަހަށްވުމުން ސަރުކާރުން އަންގައިފި

އިސްލާމްދީނުގެ އަސާސްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން އީދުގެ ހަރަކާތްތައް ކުރިއަށްގެންދަން، ޢީދަށް އެއްދުވަހަށްވުމުން ސަރުކާރުން އަންގައިފިއެވެ.

ސަރުކާރުން މިގޮތަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެންގީ ސޯޝަލް މީޑިއާގައި ދީނީ ބޭފުޅުން މިކަމާ ބެހޭ ގޮތުން ކަންބޮޑުވުންތައް ފާހަގަކޮށްފައިވާ ވަގުތެއްގައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް ޢުމަރު ސޮއި ކުރައްވައި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ވަނީ އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން ކައުންސިލުތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ރޭވިފައި ހުންނަންވާނެ އިންތައް ފާހަގަކޮށްފައެވެ.

އެ އިދާރާއިން ވަނީ އެ އިންތަކުން ބޭރު ނުވާނެހެން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ