
އައްްޑުއަށްދާން މޯލްޑިވިއަނުން ޖާގަ ނުލިބުމުން ލަންކާ މަގުން ޔޫއެލްގައި އައްޑުއަށް
އައްްޑުއަށްދާން މޯލްޑިވިއަނުން ޖާގަ ނުލިބުމުން ލަންކާ މަގުން ޔޫއެލްގައި އައްޑުއަށް
ލިޔުން:
އީދުއަށް އައްޑުއަށް ދިއުމަށް މޯލްޑިވިއަނުން ޖާގަ ނުލިބުމުން ލަންކާ މަގުން ދެ ދިވެހިން އައްޑުއަށް ހިނގައްޖެއެވެ.
ސްރީލަންކަން އެއާލައިންސްގެ ފްލައިޓްތައް ކޮންމެ ހަފުތާއަކުވެސް ލަންކާއިން އައްޑުއަށް އަދި އައްޑޫއިން ލަންކާއަށް ޑައިރެކްޓް ފްލައިޓް ބާއްވައެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޕެސެންޖަ ސޭލްސް އޭޖެންޓްގެ ފަރާތުން މަޢުލޫމާތު ލިބުނު ގޮތުގައި ދެ ދިވެހިން ޓިކެޓް ނަގާފައިވަނީ މާލެއިން ކޮލޮމްބޯއަށް އަދި ކޮލޮމްބޯއިން އައްޑު އަތޮޅު ގަމަށް ކަނެކްޝަން ލިބޭ ގޮތަށެވެ.
އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި އޭނާގެ ދެ އެކުވެރިން ލަންކާމަގުން އައްޑުއަށް ވަނީ ގޮސްފައެވެ. އަދި އެއީ އަގުބޮޑު ދަތުރެއްގެ ގޮތުގައި ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
މިއީ މޯލްޑިވިއަން އިން ގަމަށް ދިއުމަށް ޖާގަ ނުލިބިމިގެން އިންޓަނޭޝަލް ފްލައިޓަކުން މާލެއިން އައްޑުއަށް ދިއުމަށް މިގޮތަށް ދަތުރުކުރު ފުރަތަމަ ފަހަރަށްވުން އެކަށީގެންވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރައީސް ޔާމީނަކީ ބޮޑުވަގެއް، ވަގަށްނެގި ފައިސާތައް ރައްޔިތުން އެއްވެ އަތުލަންޖެހޭ: ފަލާހު

ކަތީބުން މަގުހިނގާއިރު ކުނިކަހަންތިބޭ މީހުން އެއްފަރާތަށްޖެހިލައި އިހްތިރާމް އަދާކުރި ޒަމާނުން ފިޅާވަޅު ދަސްކުރަންޖެހޭ: ރައީސް

ހއ ދިއްދޫގަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
