މާލެ: 31°C
މިއަދާއި މާދަމާ ވެމްކޯ އިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ގެނެސްފި

މިއަދާއި މާދަމާ ވެމްކޯ އިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ގެނެސްފި

June 15, 2024
2 ފަހަރު ބަލާފައި
މިއަދާއި މާދަމާ ވެމްކޯ އިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ގެނެސްފި
މިއަދާއި މާދަމާ ވެމްކޯ އިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލެއް ގެނެސްފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން ވެމްކޯއިން ދޭ ހިދުމަތް ފަށާ ގަޑި ލަސްކޮށްފައިވާ ކަމަށެވެ. އެގޮތުން، ހަފުތާގެ ހަތް ދުވަހު ވެސް، އެ ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ހިދުމަތް ދެނީ ހެނދުނު 8:30 އިން މެންދަމު 12:00 އާ ހަމައަށް ވީ ނަމަވެސް މިދެދުވަހު ހިދުމަތް ފަށާނީ މެންދުރު 14:00 ގައި ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އެގޮތުން:
  • މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00 ގެ ނިޔަލަށް
  • ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00ގެ ނިޔަލަށް
  • ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ރޭގަނޑު 22:00ގެ ނިޔަލަށް
  • ތިލަފުށީ ޑިސްޕޯސަލް ސައިޓް: މެންދުރު 14:00 އިން ހަވީރު 17:00އަށް
  • އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް: މެންދުރު 14:00 އިން ރޭގަނޑު 21:30އަށް
  • ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް
  • ފުވައްމުލައް ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް
ވެމްކޯއިން މީގެ ކުރިންވެސް މިފަދަ ބައެއް ބަންދުތަކާ ގުޅުވައި ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތައް ގެނެއެވެ. ވެމްކޯއިން އަންނަނީ އެ ކުންފުނީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވެމްކޯގެ ހިދުމަތް ވަނީ ގދ. ތިނަދޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައި ވެސް ފަށާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ